މެންބަރުން

ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ތަފްސީލް، ޕެންޝަން ސްކީމުގެ ބައިވެރިންނަށް ފަސޭހަކަމާއެކު މެންބަރުންގެ ޕޯޓަލުން ބަލާލެވޭނެ. މީގެ އިތުރުން، ޕެންޝަން މޯބައިލް އެޕުންވެސް ބަލާލެވިދާނެ.

ވަޒީފާދޭ ފަރާތްތައް

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި މުވައްޒަފުން ބައިވެރިކޮށް މަހުންމަހަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫގެ ދަށުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ.

އިންވެސްޓްމަންޓް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އިންވެސްޓްމަންޓް ކޮމިޓީއެއް އުފައްދާ މި ކޮމިޓީގެ ބެލުމުގެ ދަށުން "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލް (އެސްއޯއައިޕީ)" އެއް ފާސްކޮށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ކޮންޓްރިބިއުޝަންތައް އިންވެސްޓްކޮށް ބެލެހެއްޓުން ޕެންޝަން އޮފީހުގެ މައްޗަށް ލާޒިމުކުރެއެވެ.

ޕެންޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެވުމާ ގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.

ޕެންޝަން އޮފީހުގެ މަސްއޫލިއްޔަތުތައް:

  • ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕެންޝަން ސްކީމްތައް ހިންގާ ބެލެހެއްޓުން
  • ރިޓަޔަރމަންޓް ޕެންޝަން ޕޯރުކޮށްދިނުން
  • އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ފޯރުކޮށްދިނުން
  • ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އެކަށައެޅަންޖެހޭ މިންގަޑުތަކާއި ގައިޑްލައިންތައް ހެދުން
  • ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްކީމްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން