މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017

2017-07-06 15:58

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ދަރުބާރުގޭގައި މިއަދު ފެށި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބައިވެރިވެއްޖެއެވެ. އެކްޕޯ ގެ މައިގަނޑު މަޤްސަދަކީ ގެދޮރު ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަމާ ބެހޭ މައުލޫމާތު ދިނުމެވެ. މި އެކްސްޕޯގެ ޕެނަލް ޑިސްކަޝަން ގައި ޕެންޝަން އޮފީހުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޕަބްލިކް ސެމިނާގައިވެސް ޕެންޝަން އޮފީހުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯ ކުރިއަށްދަނީ 6 ޖުލައި 2017 ބުރާސްފަތި ދުވަހުން ފެށިގެން 8 ޖުލައި 2017 ވާ ހޮނިހިރުދުވަހާ ހަމައަށެވެ.