މީޑިޔާ

20 އަހަރާއި 40 އަހަރުގެ ޕެންޝަން ނުވަތަ އެކްރޫޑް ޕެންޝަން ޙައްޤު އިޚްތިޔާރު ކުރުމަށް އެދޭފޯމެ 31 އޯގަސްޓް 2010 ގެ ކުރިން މި އޮފީހަށް ހުށަހެޅުމާއިބެހޭ

ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ލިބިދޭންޖެހޭ އެކްރޫޑް ޕެންޝަން ޙައްގުތައް ލިބިދިނުމުގައި، އެފަރާތަކަށް ލިބެމުންދާ ޕެންޝަނެއް ނުވަތަ އެކްރޫޑް ޕެންޝަން ޙައްޤު އިޚްތިޔާރު ކުރުމުގެ ފުރުޞަތު ލިބިދިނުމުގެ ގޮތުން މިކަމަށްޓަކާ ފުރިހަމަކުރަންޖެހޭ ފޯމު މިއޮފީހުން އެވަނީ 20 އަހަރާއި 40 އަހަރުގެ ޕެންޝަން ލިބެމުންދާ ފަރާތްތަކަށް ޕޯސްޓުގެ ޒަރީޢާއިން ވަނީ ފޮނުވާފައެވެ. މިގޮތުން ޕޯސްޓްގެ ޒަރީޢާއިން މިފޯމު ފޮނުވިފައިވަނީ މިހާރު އުޅުއްވާ އެޑްރެސް މިއޮފީހަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ އެ އެޑްރެހަށާއި އަދި އެނޫން ފަރާތްތަކުގެ ދާއިމީ އެޑްރެހަށެވެ.

 

 

އެހެންނަމަވެސް ޕެންޝަނާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އެކްރޫޑް ޕެންޝަން ޙައްޤު ލިބިދޭންޖެހޭ އަދި 20 އަހަރާއި 40 އަހަރުގެ ޕެންޝަންވެސް ލިބެމުންދާ ފަރާތްތަކުގެ ތެރެއިން ގިނަފަރާތްތަކެއްގެ ސިޓީފަދަތަކެތި ފޮނުވާނެ އެޑްރެސް މިއޮފީހަށް ލިބިފައިނެތުމާއި، އަދި ބައެއް ފަރާތްތަކުގެ ދާއިމީ އެޑްރެސް މާލޭ ދަފްތަރުގެ ނަމުގައި އޮތުމާއިއެކު އިސްވެދެންނެވުނު ފޯމު ބައެއް ފަރާތްތަކަށް ފޮނުވޭނެގޮތް ވަނީ ނުވެފައެވެ.

ވީމާ ދަންނަވަމެވެ. 31 ޖުލައި 2010ގެ ކުރިން މިދެންނެވި ފޯމު ޕޯސްޓްގެ ޒަރީޢާއިން ލިބިލައްވާފައިނުވާ، 1 މެއި 2010ގެ ފަހުން 65 އަހަރު ފުރޭ ފަރާތްތައް، ވީ އެންމެ އަވަސް ފުރުޞަތެއްގައި މިއޮފީހަށް ވަޑައިގެން ފޯމު ގެންދެވުން އެދެމެވެ. ފޯމު ބައްލަވާ ވަޑައިގަންނަވާއިރު ވަޑައިގަންނަވާ ފަރާތެއްގެ އައި.ޑީ ކާޑުގެ އަސްލު ގެންނެވުން އެދެމެވެ. އަދި 20 އަހަރާއި 40 އަހަރުގެ ޕެންޝަން ނުވަތަ އެކްރޫޑް ޙައްޤު އިޚުތިޔާރުކުރާ ފޯމު ލިބިލިެއްވުމަށްފަހު، އިޚްތިޔާރު ކުރައްވަން ބޭނުންފުޅުވާ ބައެއްގައި ފާހަގަ ޖައްސަވާ، ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 31 އޯގަސްޓް 2010 ގެ ކުރިން މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމުގައިވާ ޚިދުމަތުގެ މުއްދަތު ނުވަތަ އަސާސީ މުސާރަ ރަނގަޅު ނޫންނަމަ މިފޯމުގެ ތިރީގައި އެކަމަށް ކަނޑައަޅާފައިވާ ގޮޅީގައި ފާހަގަ ޖެއްސެވުމަށްފަހު ވީހާވެސް އަވަސް މުއްދަތެއްގައި މިއޮފީހަށް ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ.

ވީމާ، އިސްވެދެންނެވުނު ފޯމު ލިބިލައްވަންޖެހޭ އެއްވެސް ފަރާތަކަށް މިހާތަނަށް ފޯމުލިބިލައްވާފައިނުވާނަމަ، ލަސްނުކުރައްވާ މިއޮފީހާ ގުޅުއްވައިގެން 31 އޮގަސްޓް 2010ގެ ކުރިން ފޯމު ފުރިހަމަ ކުރައްވާ ނިންމެވުން އެދެމެވެ.

20 ޝަޢުބާން 1431

01 އޮގަސްޓު 2010