މިއޮފީހުގެ ސަރކިއުލަރ ނަންބަރު 12/2010 (08 ޖޫން 2010) އާ ޙަވާލާދީ ދަންނަވަމެވެ. އެންރޯލްމަންޓް އެސް.ޕީ.ސީއާއި ކޮންޓްރިބިއުޝަން އެސް.ޕީ.ސީީ، އެމް އާރު ޕީ އެސް ޕޯޓަލް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ހުށަހަޅުއްވާއިރު ދައުލަތުގެ ވަޒީފާދޭ ފަރާތްތަކަށް އެހީތެރިވެދިނުމަށްޓަކައި ޚާއްސަ ސެޝަންތަކެއް ޖޫން 21 އިން 24 އަށް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މާލެއާއި މާލެ ކައިރީގައިވާ ދައުލަތުގެ ވަޒީފާދޭ ތަންތަނަށް މިއޮފީހުން ފޮނުވާ ތާވަލާ އެއްގޮތަށް  ސެޝަންތަކަށް ވަޑައިގެން ދެއްވުން އެދެމެވެ. އަތޮޅުތަކުގައި ތިއްބެވި ދައުލަތުގެ ވަޒީފާދޭ ތަންތަނަށް ފެކްސްގެ ޒަރީޢާއިން ފޮނުވާ ތާވަލާ އެއްގޮތަށް ޓެލެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން އެސް.ޕީ.ސީ އަޕްލޯޑުކުރުމުގެ ކަންތައް ކުރިއަށް ގެންދެވުން އެދެމެވެ.

އެސް.ޕީ.ސީ އަޕްލޯޑް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައިި، އެސް.ޕީ.ސީގައި ހުންނަންޖެހޭ މަޢުލޫމާތުތައް އެއްކުރައްވާ އެންރޯލްމަންޓް އެސް.ޕީ.ސީއާއި ކޮންޓްރިބިއުޝަން އެސް.ޕީ.ސީ އަަށް އެ މަޢުލޫމާތު އެންޓަރ ކުރައްވާ، އެންޓަރ ކުރެވުނު މަޢުލޫމާތު ރަގަޅުތޯ ބެއްލެވުމަށްފަހު އެސް.ޕީ.ސީ ތަކުގެ ސޮފްޓްކޮޕީ ހިއްޕަވައިގެން ސެޝަންތަކަށް ވަޑައިގެން ދެއްވުން އެދެމެވެ. އަތޮޅުތަކުގެ ބޭފުޅުން ސެޝަންގެެ ވަގުތުގައި ބޭނުންކުރެވޭ ގޮތަށް އެސް.ޕީ.ސީތައް ތައްޔާރުކުރައްވާ އެސް.ޕީ.ސީތަކުގެ ސޮފްޓްކޮޕީ އާއެކު ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްްވުން އެދެމެވެ. މި ސެޝަން ތަކުގެ ވަގުތުގައި އެސް.ޕީ.ސީގައިވާ މަޢުލޫމާތެއް ޗެކްކުރައްވަން ޖެހިއްޖެނަމަ، އެ މަޢުލޫމާތު އެއޮފީހަކުން ފަސޭހައިން ލިބެން ހުންނާނެގޮތަކަށް އިންތިޒާމް ކުރެއްވުމަށް ދަންނަވަމެވެ. އެސް.ޕީ.ސީފުރުމަށްޓަކައި ބޭނުންވާނެ މަޢުލޫމާތުތަކަކީ؛

  1. ވަޒީފާދޭ ފަރާތަށް މިއޮފީހުން ދޫކޮށްފައިވާ "އެމްޕްލޯޔަރ އައި. ޑީ."
  2. ހުރިހާ މުވައްޒަފުންގެ ނަން، އައި.ޑީ. ނަމްބަރު، ބިދޭސީއެއްނަމަ، ޕާސްޕޯޓް ނުވަތަ ވަރކްޕަރމިޓް ނަމްބަރު، އުފަން ދުވަސް، އެތަނެއްގައި ވަޒީފާ އަދާކުރަންފެށި ތާރީޚް، އަސާސީ މުސާރަ، މެއި އަދި ޖޫން 2010 ގައި މުސާރައިން ކެނޑޭ ޢަދަދުތައް.
ފައިލް
Download this file (Circular Thirteen.pdf)ސާކިއުލާރ 131813 Kb