ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނާއި ޕްރައިވެޓް ސެކްޓަރގެ ވަޒީފާދޭ ބައެއް ފަރާތްތަކުން، އެފަރާތްތަކުގެ މުވައްޒަފުންނަށް އެކްރޫޑް ޕެންޝަން ( ފާއިތުވި މުއްދަތުގައި ކޮށްފައިވާ ޚިދުމަތަށްބަލާ ދެވޭ ފައިސާ) ގެ ގޮތުގައި ޕެންޝަން އޮފީހަށް ފައިސާ ޖަމާކުރުމަށްް އެދެމުންދާތީ ދަންނަވަމެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުގައިވާ ގޮތުގެ މަތިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް، އެމުވައްޒަފުން ވަޒީފާއަދާކުރައްވާ ތަނަކުން ދޭން ބޭނުންވާ އެކްރޫޑް ޕެންޝަންގެ ފައިސާ ދެއްކުމުގެ މުއްދަތު 31 ޖުލައި 2012 ގެ ނިޔަލަށް އިތުރުކޮށްެ، މިކަން ޢާއްމުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މުވައްޒަފުންނަށް އެކްރޫޑް ޕެންޝަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައިވާ ތާރީޚްގެ ކުރިން އެކްރޫޑް ޕެންޝަންގެ ގޮތުގައި ދައްކަވަންޖެހޭ ފައިސާ މިއޮފީހަށް ދައްކަވައި ނިންމެވުމަށް ދަންނަވަމެވެެ.
14 ރަމްޟާން 1432
14 އޮގަސްޓް 2011
Copyright © 2010 Maldives Pension Administration Office
Ameenee Magu, Machan Goalhi 30379, Rep. of Maldives
Tel: +960 3309908 | Fax: +960 3307759 | Email: info@pension.gov.mv