
ޕެންޝަން ފަންޑްގެ އިންވެސްޓްމަންޓް ފުޅާކޮށް ޕެންޝަން ސްކީމުގެ ބައިވެރިންނަށް ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން ދިރާގުގައި ސަތޭކަ މިލިއަން ރުފިޔާގެ ހިއްސާގައި އިންވެސްޓް ކޮށްފިއެވެ. މިއީ ޕެންޝަން ފަންޑުން ހިއްސާގެ ބާޒާރުގައި މުއާމަލާތެއް ކުރެވޭ ފުރަތަމަ ފަހަރެވެ. ދިރާގުގެ ހިއްސާ ގަތުމަށް ނިންމީ ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވައިދުތަކުގައި ބަޔާން ކޮށްފައިވާ އިންވެސްޓް ކުރުމުގައި ބަލަންޖޭހޭ އެންމެހާ ކަންތައްތަކަށް ބެލުމަށް ފަަހުގައެވެ. މިގޮތުން ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
ދިރާގުގެ ހިއްސާ ގަތުމަށް ނިންމި ބައެއްސަބަބު ތަކަގެތެރޭގައި ވިޔާފާރީގެ މުއާމާލާތުތަކުން ފައިދާހޯދުމުގެ ޤާބިލްކަން ލިބިފައިވާ ކުންފުންޏަކަށް ވުމާއި ރަގަޅު ޑިވިޑެންޑް ޕޮލިސީއެެެއް އޮތުމުގެ އިތުރުން ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ފުރިހަމަޔަށް ހިންގާ ކުންފުންޏަކަށް ވުން ހިމެނެއެވެ. ދިރާގުގެ ހިއްސާ ގަތުމަށް ހޭދަ ކުރެވިފައި ވަނީ ޕެންޝަން ފަންޑުގެ މުޅި ޖުމްލަ އަދަދު ގެ 15 ޕަސެންޓެވެ. އުއްމީދު ކުރެވޭގޮތުގައި 12- 8 ޕަސެންޓާ ދެމެދުގެ ރިޓާން އެއްލިބޭނެއެވެ.
Copyright © 2010 Maldives Pension Administration Office
Ameenee Magu, Machan Goalhi 30379, Rep. of Maldives
Tel: +960 3309908 | Fax: +960 3307759 | Email: info@pension.gov.mv