ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާހާ ގުޅިގެން ބިދޭސީ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރި ކުރުމުގެ ކަންތައް، މިއޮފީހުން ކަނޑައަޅާ އުސޫލެއްގެ ދަށުން 24 އެޕްރީލް 2011 އިން ފެށިގެން ގިނަވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ކޮށް ނިންމަން ޖެހެއެވެ.

މިގޮތުގެ މަތިން މިހާރުވަނީ ބިދޭސީ މުވައްޒަފުން ރިޓަޔަރަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުމާބެހޭ ގަވާއިދު "ރެގިއުލޭޝަން އޮން ފޮރިން އެމްޕްލޯއީސް" ތައްޔާރުކޮށް ނިމިފައެވެ. އަދި މިހިނގާ މާރޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިގަވާއިދު ޕެންޝަން އޮފީހުގެ ވެބްސައިޓު www.pension.gov.mv އިން ޑައުންލޯޑު ކުރެވޭނެ އިންތިޒާމް ހަމަޖައްސާ، 15 އެޕްރީލް 2012 އިން ފެށިގެން މިގަވާއިދަށް ޢަަމަލު ކުރަން ފަށާނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

21 ޖުމާދަލް އައްވަލު 1433

14 މާރޗް 2012