ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާ ވަޒީފާދޭ ފަރާތްތަކަށް ފަސޭހައިން ދެއްކޭނެ ގޮތުގެ އިންތިޒާމްތައް މިއޮފީހުން މިގެންދަނީ ހަމަޖައްސަމުންނެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތް ބޭނުން ކުރައްވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބިލް ޕޭ މެދުވެރިކޮށް ޕެންޝަނަށް ދައްކާ ފައިސާ ދެއްކޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައެވެ.
އެހެންކަމުން މިހާރު ޕެންޝަނަށް ފައިސާ ދެއްކުމަށް ބޭންކަށް ވަޑައިގެން ފައިސާ ދެއްކެވުމުގެ އިތުރުން ބިލް ޕޭގެ ޚިދުމަތް ބޭނުން ކޮށްގެން ޕެންޝަނަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
01 ރަޖަބު 1433
22 މެއި 2012
ނަންބަރު: MPAO/I/2012/25
Copyright © 2010 Maldives Pension Administration Office
Ameenee Magu, Machan Goalhi 30379, Rep. of Maldives
Tel: +960 3309908 | Fax: +960 3307759 | Email: info@pension.gov.mv