ޕެންޝަން އޮފީހަކީ 13 މޭ 2009 ގައި ތަސްދީގު ކުރެވުނު ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ މިނިވަން މުއައްސަސާއެކެވެ. މިއޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާތުގެ ބައިވެރިވުން ހިމެނޭ ގޮތަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމް ގާއިމްކޮށް، އެ ސްކީމް ހިންގުމާއި ދައުލަތުން ޚަރަދު ކުރައްވައިގެން އުމުރުން ދުވަސްވީ މީހުންނަށް ދެއްވާ އަސާސީ ޕެންޝަން ސްކީމް ގާއިމްކޮށް ހިންގުން ހިމެނެއެވެ.

