
މާލީ ދާރުލްއާސާރު ނުވަތަ ފައިނޭންޝަލް މިއުޒިއަމްއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 13 މެއި 2013 ގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމް.އޯ،ޔޫ) އެއްގައި ސޮއިކޮށްފިއެވެ. މިގޮތުން އެމް.އޯ،ޔޫގައި ސޮއި ކުރި ފަރާތްތަކަކީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އާއި ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް ކުންފުންޏެވެ.







