މިއޮފީހުގެ ކުރިއަށްއޮތް 3 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

2017-07-05 12:45

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ކުރިއަށްއޮތް 3 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

 

މި އޮފީހުގެ ކުރިއަށްއޮތް 3 އަހަރުގެ (,20202018،2019 (ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވިމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ޕްރީ ބިޑް މީޓިންގ

10 ޖުލައި 2017 ، 14:00 ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް،(ސިޓީ ސްކޮއަރ 8 ވަނަ ފަންގިފިލާ)

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

17 ޖުލައި 2017 ، 14:00 ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް،(ސިޓީ ސްކޮއަރ 8 ވަނަ ފަންގިފިލާ)މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.