ހައުސިން ސްކީމް
2016-06-01 05:57
ޕެންޝަން ފައިސާ ގެދޮރު ގަތުމަށް ރަހުނު ކުރުމުގެ ސްކީމް
ޕެންޝަން ފައިސާ ގެދޮރު ގަތުމަށްޓަކައި ރަހުނު ކުރުމުގެ ސްކީމަކީ، ޕެންޝަން ފަންޑުގެ ބައިވެރިންގެ ތެރެއިން ގެދޮރުގަތުމަށްޓަކައި ރާއްޖޭގެ މާލީ މުއައްސަސާއަކުން ލޯން ހަމަޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ޑައުންޕޭމަންޓް، ޕެންޝަން ފައިސާ ރަހުނު ކޮށްގެން ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭ ސްކީމެކެވެ. މިސްކީމްގެ ދަށުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ފައިސާ ދައްކަމުންގެންދާ ހުރިހާ ދިވެހިރައްޔިތުންނަށް ވެސް ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް، ގެދޮރުގަތުމަށްޓަކައި ފައިސާ ރަހުނު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
1. މިސްކީމުގެ ފައިދާ އަކީ ކޮބާ؟
ޢިމާރާތްކޮށް ވިއްކާފްލެޓް، ރޯހައުސް ފަދަ ތަންތަން ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓްގެ ފައިސާ ހަމަޖެއްސުމައްޓަކައި، އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގް އެކައުންޓުގައި ހުންނަފައިސާ މިސުކީމުގެ ދަށުން ރަހުނު ކުރޮށްގެން ހައުސިން ލޯނު ލިބުމުގެ މަގު ތަނަވަސްވެގެން ދިއުން.
2. މި ސްކީމުގެ ދަށުން ގަންނަން ހުށަހެޅޭނީ ކޮންކޮން ތަންތަނެއް؟
ޢިމާރާތްކޮށް ނިންމައި އަދި ޢާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތް
3. ގެދޮރު ޢިމާރާތް ކުރުމަށް ނަގާ ލޯނުގެ ޑައުން ޕޭމަންޓް ދެއްކުމުގައިވެސް މި ސްކީމުން ފުރުސަތު ލިބޭނެތޯ؟
މި ވަގުތު މި ސްކީމުގެ ދަށުން ފުރުސަތު ހުޅުވާ ލެވިފައިވަނީ އާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތް ގަތުމަށްޓަކައި ނެގޭ ލޯނު ތަކަށް އެކަނި.
4. މި ސްކީމުގެ ދަށުން ދިވެހި ރާއްޖޭގެ ކޮންމެ ސަހަރަހައްދަކުން ވެސް ގޮދޮރުގަތުމަށް ފުރުސަތު އޮންނާނެތޯ ؟
މި ސްކީމުގެ ދަށުން މާލެ އޭރިޔާގެ އިތުރުން ދިވެހި ރާއްޖޭގެ ކޮންމެ ސަރައްދަކުންވެސް އާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތް ގަނެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ.
5. މި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ކޮން ބެންކު ތަކަކުންތޯ؟
ބެންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ، މޯލްޑިވްސް އިސްލާމިކް ބެންކު (އެމް. އައި.ބީ)، އަދި ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން (އެޗް.ޑި.އެފް.ސީ).
6. މި ސްކީމުގެ ދަށުން ހައުސިން ލޯނެއް ހޯދުމަށް ފުރަތަމަ ކުރަންޖެހެނީ ކޮން ކަމެއްތޯ؟
މި ސްކީމުގައި ބައިވެރިވެފައިވާ ލޯނުދޭ މުއައްސަސާ އިން ދޫކުރާ ލޯނަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، އެ މުއައްސަސާ އަކަށް ހުށަހެޅުން.
7. މި ސްކީމުގެ ދަށުން ހައުސިން ލޯނަށް އެދެން ބޭންކަށް ދާއިރު ރިޓަޔަރަމަންޓް އެކައުންޓް ސްޓޭޓްމަންޓް (އާރު އެސް އޭ)ގެ ކޮޕީއެއް ގެންދަން ޖެހޭނެތޯ؟
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ރިޓަޔަރަމަންޓް އެކައުންޓް ސްޓޭޓްމަންޓް (އާރު އެސް އޭ) ހިމެނޭތީ ސްޓޭޓްމަންޓް ގެންދަން ޖެހެއެވެ. ލޯނަށް ސަރުތުހަމަވޭތޯ ބަލާނީ އެފަރާތަކުން ނެވެ. އަދި، ލޯނުގެ ޑައުންޕޭމަންޓް ދެއްކުމަށް، ޕެންޝަން ފައިސާ ރަހުނުކުރަށް އެދޭނަމަ، އެކަމާ ގުޅިގެން ލޯނު ދޫކުރާ ފަރާތަށް ފޯރުކޮށްދެން ޖެހޭ އެންމެހާ މައުލޫމާތު، ލޯނަށް އެދޭ ފޯމުގައި އެކުލެވިގެން ވާނެއެވެ. ލޯނަށް ޝަރުތު ހަމަވާ ފާރާތް ތަކުގެ، ރިޓަޔަމަންޓް ސޭވިންގް އެކައުންޓްގައި ރަހުނު ކުރެވެން އޮތް މިންވަރު، ޕެންޝަން އޮފީހުން، ލޯނުދޫކުރާފަރާތައް ފޯރުކޮށްދޭނެއެވެ. އަދި ހަމަ މި މައުލޫމާތު، ލޯނު ނަގަންބޭނުންވާ ފަރާތައްވެސް ފޯރުކޮށް ދެވޭނެއެވެ.
8. މިސްކީމްގެ ދަށުން ފައިސާ ރަހުނު ކުރާނީ ކިހިނެތް؟
ފައިސާ ރަހުނު ކުރަން އެދެވޭނީ މިސްކީމްގެ ދަށުން، ޕެންޝަން އޮފީހާއި އެކު ޑައުންޕޭމަންޓްގެ ގޮތުގައި ރިޓަޔަމަންޓް ސްކީމްގައި ފައިސާ ރަހުނުގެ ގޮތުގައި ގަބޫލު ކުރުމަށް އެއްބަސްވުން ހެދިފައިވާ ލޯނުދޭ މުއައްސަސާއަކުން އާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތެއް ގަތުމަށް ލޯނެއް ހަމަޖެހިފައިވާނަމަ އެވެ. މިގޮތުން ލޯން ހަމަޖެހިފައިވާ މެންބަރުން އެމެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގް އެކައުންޓްގައިވާ ފައިސާ، ލޯން ނުދެއްކޭ ހާލަތުގައި ލޯނުދޭ މުއައްސަސާއަކުން ނެގުމުގެ އިހްތިޔާރެއް ނެތް ކަމަށް އެއްބަސްވެ އިގްރާރެއްގައި ސޮއި ކުރަން ވާނެއެވެ. މިއިގްރާރުގައި ސޮއިކޮށް ޕެންޝަން އޮފީހަށް ހުށަހެޅުމުން ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގައިވާ ފައިސާ ރަހުނު ކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
9. މި ސްކީމާ ގުޅިގެން ޕެންޝަން އޮފީހަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭނެތޯ؟
ލޯނާބެހޭ މުއާމަލާތް ތަކާގުޅިގެން ދައްކަންޖެހޭ އެއްވެސް ފައިސާ އެއް ޕެންޝަން އޮފީހަށް ދައްކާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ލޯނުހަމަޖެހުމަށް ފަހު މަހުންމަހަށް ދައްކަންޖެހޭ ފައިސާއާއި، އެނޫންވެސް އެހެންފީއެއްވާނަމަ، އެފައިސާ ދައްކަމުންގެންދާނީ، ލޯނުދޫކުރާ ފަރާތަށެވެ.
10. މި ސްކީމުގެ ދަށުން ޕެންޝަން އޮފިހާއެކު ވަކި އިގްރާރެއްގައި ސޮއިކުރަން ޖެހޭނެތަ؟
ޕެންޝަންފައިސާއަކީ،ރިޓަޔަރމަންޓް ސޭވިންގް އެކައުންޓުގެ ވެރިފަރާތުގެ ގާނޫނީމިލްކެއްކަމުން، އެފައިސާއިން ރަހުނު ކުރުމާމެދު އިރުތިރާޒެއް ނެތްކަމަށާ، ލޯނުނުދެއްކުމުގެ ސަބަބުން، ރަހުނު ކޮއްފައިވާ ފައިސާ އާމެދު އަމަލުކުރުމަށް ޕެންޝަން އޮފީހުން ކަނޑައަޅާފައި ވާ އުސުލުތަކަށް އަމަލުކު ކުރުމާމެދު އިރުތިރާޒެއް ނެތްކަމަށް އިގުރާރުވެ ޕެންޝަން އޮފީހާ އެކު އެގްރީމެންޓެއްގައި ސޮއިކުރަން ޖެހޭނެއެވެ.
11. މިސްކީމްގެ ދަށުން ރަހުނު ކުރެވިފައިވާ ފައިސާއަށް ލޯނު ނުދެއްކޭ ހާލަތުގައި އަމަލުކުރާނީ ކިހިނެތް؟
މި ސްކީމް މެދުވެރިވެގެން ހަމަޖެހިފައިވާ ލޯނަކަށް ފައިސާ ދައްކަމުންނުދާނަމަ، ލޯންބޭނުންކޮށްގެން ގަނެފައިވާ އިމާރާތެއް ވިއްކާލެވޭނެއެވެ. ރަހުނުކުރެވިފައިވާ ފައިސާ ލޯނުދޭ މުއައްސަސާއަކުން ނެގޭނީ،މިދެންނެވި އުސޫލުން އިމާރާތްވިއްކާލައިގެންވެސް ނަގާފައިވާލޯން ގެ އަދަދު އަނބުރާ ލޯނުދޭ މުއައްސަސާއަށް ނުލިބޭ ނަމަ، އެހާލަތުގައި ލޯންގެ އަދަދު ހަމަކުރުމަށް ބޭނުންވާ މިންވަރަށެވެ.
9. މިސްކީމްގެ ދަށުން ޖޮއިންޓް ލޯންގެ ގޮތުގައި ލޯން ނަގާ ފަރާތްތަކަށް ރިޓަޔަމަންޓް ސޭވިންގ އެކައުންޓްގައިވާ ފައިސާ ރަހުނު ކުރެވިދާނެތަ؟
ލޯނުދޫކުރާމުއައްސަސާއަކުން ޖޮއިންޓް ނުވަތަ ކޯއެޕްލިކަންޓުން ގޮތަށް ލޯނުގައި ބައިވެރިވެވޭނޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވެސް މިފުރުސަތުގެ ބޭނުން ކުރެވޭނެއެވެ.
10. ލޯނު އަނބުރާ ދައްކާ ނިމުމުން ކޮލަޓަރަލައިޒް ކުރެވޭ ފައިސާއަށް ވާނީ ކިހިނެއްތޯއެވެ؟
ލޯނު އަނބުރާ ދައްކާ ނިމުމުން ލޯނުނެގި ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގް އެކައުންޓަށް ކޮލަޓަރަލައިޒް ކުރެވޭ ފައިސާ އަނބުރާ ޖަމާކުރެވޭނެއެވެ.