ބޯޑު މެންބަރުން

2016-06-03 03:46

އާޠިފާ ޢަލީ

ބޯޑުގެ ޗެއަރޕަރސަން

ވާރުގެ، ސ.ހުޅުދޫ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އަލްފާޟިލާ އާޠިފާ ޢަލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ ޖޫން 2019 ގައެވެ. އަދި، މިވަގުތު އާޠިފާ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓަޑް (ދިރާގު) ގެ ޑިރެކްޓަރ، ކޯޕަރޭޓް ސަރވިސަސްގެ މަޤާމުގައެވެ. މިގޮތުން، މެނޭޖީރިއަލް ލެވެލްގައި 19 އަހަރަށްވުރެ ގިނަ މުއްދަތުގައި ޚިދުމަތްކޮށް ފައިނޭންސް، ބިޒްނަސް ޑިވެލޮޕްމަންޓް އަދި ސްޓެރެޓެޖިކް މެނޭޖްމަންޓްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ވަނީ ހޯއްދަވާފައެވެ. 

ތަޢުލީމީ ރޮގުން، އާޠިފާ ވަނީ ޔޫކޭ ގެ ޔުނިވަރސިޓީ އޮފް ބްރެޑްފޯޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި، ހޯއްދަވާފައިވާ މެމްބަރޝިޕްތަކުގެ ތެރޭގައި 2008 ން ފެށިގެން ޔޫކޭގެ 'ޗާޓާރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓްސް' ގެ އެސޯސިއޭޓް މެންބަރުކަން ހިމެނެއެވެ. މީގެއިތުރުން، 20 އޮގަސްޓް 2009 ން 19 އޮގަސްޓް 2012 އަށް އަދި 20 އޮގަސްޓް 2014 ން 19 އޮގަސްޓް 2017 އަށް އާޠިފާ ވަނީ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމުވެސް ފުރުއްވާފައެވެ.

 


 

އިލްޔާސް ޙަނީފް

ބޯޑު މެމްބަރު 

ނާރެސް، ރ. ހުޅުދުއްފާރު

ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އިލްޔާސް ޙަނީފް، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ އޭޕްރިލް 2017 ގައެވެ. މިވަގުތު އިލްޔާސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ފްރީލާންސް އެކައުންޓަންޓެއް އަދި ފައިނޭންޝަލް ކޮންސަލްޓަންޓެއްގެ ގޮތުގައެވެ. 

ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރައްވަން ފެއްޓެވުމުގެ ކުރިން ޕަބްލިކް ސެކްޓަރގެ މުއައްސަސާތައް ކަމުގައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި  މިނިސްޓްރީ އޮފް ޓޫރިޒަމްގައި ވަޒީފާ އަދާކުރައްވައި، މަސައްކަތުގެ ތަޖުރިބާ ވަނީ ހޯއްދަވާފައެވެ. މިގޮތުން، ޕަބްލިކް ފައިނޭންސް، ކޯޕަރޭޓް ފައިނޭންސް، ޓެކްސޭޝަން، އެކައުންޓިންގ އަދި އޯގަނައިޒޭޝަނަލް މެނޭޖްމަންޓުގެ ދާއިރާތަކުން ތަޖުރިބާ ހޯއްދަވާފައިވެއެވެ. ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރައްވަން ފެއްޓެވުމަށްފަހު، ވިލާގުރޫޕުގައި ފައިނޭންސް އަދި ޓެކްސޭޝަންއާއި ގުޅުންހުރި އިސް މަގާމްތަކެއް ފުރުއްވާފައިވެއެވެ.

2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި މޯލްޑިވްސް އިންލަންޑް ރެވެނިއުގެ ލައިސަންސްޑް ޓެކްސް އެޖެންޓް އަކަށް ވުމުގެ އިތުރުން، މިވަގުތު އިލްޔާސް އަކީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ފައިނޭންސް ކަމިޝަންގެ މެންބަރެކެވެ. އިލްޔާސް ވަނީ ނިއުޒިލަންޑުގެ ޔުނިވަރސިޓީ އޮފް އޯކްލަންޑް އިން މާސްޓަރސް އޮފް ޓެކްސޭޝަން ސްޓަޑީޒް (އޮނަރޒް) ޙާޞިލްކޮށް، މެލޭޝިއާގެ އިންޓަރނެޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗެލަރ އޮފް އެކައުންޓިންގ (އޮނަރޒް) ޙާޞިލްކުރައްވާފައިވެއެވެ.

 


އަލްއުސްތާޛާ ނޫރުބާން ފަހުމީ

ބޯޑު މެމްބަރު 

މ. ފިނިވާގެ، ކ. މާލެ

ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްއުސްތާޛާ ނޫރުބާން ފަހުމީ، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ ފެބްރުއަރީ 2018 ގައެވެ.އަލްއުސްތާޛާ ނޫރުބާން މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ލިމިޓެޑް (އެމް.އެސް.އީ) އަދި މޯލްޑިވްސް ސެކިޔުރިޓީޒް ޑިޕޮސިޓަރީ ކޮމްޕެނީ ލިމިޓަޑް (އެމް.އެސް.ޑީ) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަދި ލީގަލް ކައުންސެލް ގެ މަޤާމުގައެވެ. އަދި މިދެކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީއެއްގެ މަޤާމުވެސް ދަނީ ފުރުއްވަމުންނެވެ.

2018 ގައި އެމް.އެސް.އީ. އަދި އެމް.އެސް.ޑީ. އާއި ގުޅިވަޑައިގެންނެވުމުގެ ކުރިން  އަލްއުސްތާޛާ ނޫރުބާން މަސައްކަތް ކުރައްވަމުން ގެންދެވީ މޯލްޑިވްސް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ލީގަލް ކައުންސެލްއެއްގެ ގޮތުގައެވެ. އަދި، ސެޕްޓެމްބަރ 2015 ން ޑިސެމްބަރ 2016 އަށް އެކްސްޓަރނަލް ކައުންސެލް އެއްގެ ރޯލް އަދާކުރައްވާފައިވެއެވެ. ސީ.އެމް.ޑީ.އޭ.ގައި ވަޒީފާ އަދާކުރެއްވިއިރު އުފުއްލެވި މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، ސީ.އެމް.ޑީ.އޭ. ގެ އެގްޒެކެޓިވް ބޯޑު އަދި މެނޭޖްމަންޓަށް ލަފާ ދިނުން، ކެޕިޓަލް މާކެޓް ޤާނޫނާއި ގަވައިދުތަކުގެ އިތުރުން އެހެނިހެން ޤާނޫނާއި ޤަވައިދުތައް މުރާޖަޢާކުރުން ހިމެނެއެވެ.

މީގެ އިތުރުން، ވޯލްޑް ބެޭންކް ފަންޑްގެ ދަށުން ޕެންޝަން އޮފީހުން ހިންގި ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓްގެ ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ނޫރުބާން ވަނީ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި ޖެނުއަރީ  2012 އިން ފެބްރުއަރީ 2012 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ ލީގަލް ޑިރެކްޓަރުގެ މަޤާމްވެސް އަލްއުސްތާޛާ ނޫރުބާން ފުރުއްވާފައިވެއެވެ.

ތަޢުލީމީ ރޮގުން، ނޫރުބާން ވަނީ ޔުނިވަރސިޓީ އޮފް ލަންޑަން، އެސް.އޯ.އޭ.އެސް އިން އެމް.އެސް.ސީ އިން ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް ހާސިލްކުރައްވާ، ޔޫ.ކޭ.ގެ ޔުނިވަރސިޓީ އޮފް ބްރިސްޓަލް އިން ބެޗްލަރ އޮފް ލޯ ޙާސިލް ކުރައްވާފައެވެ.

 


ޢަބްދުﷲ ޢަލީ

ބޯޑު މެމްބަރު

ރޯނުގެ، ހދ. ހަނިމާދޫ

 

ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ޢަލީ، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ ޑިސެމްބަރު 2018 ގައެވެ. އަދި އޭގެ ކުރިންވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ތަމްސީލުކުރައްވާ ސިވިލް ސަރވިސްގެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން ޢަބްދުﷲ ވަނީ 2017  ފެބްރުއަރީ އިން 2018 މާރޗް އަށް ޕެންޝަން އޮފީހުގެ ބޯޑުގެ މެމްބަރެއްގެ މަޤާމު ފުރުއްވާފައެވެ.

ޢަބްދުﷲ މިވަގުތު ވަޒީފާއަދާ ކުރައްވަމުން ގެންދަވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓްގެ މަޤާމުގައެވެ. އޭޑީބީ އާއި ގުޅިވަޑައިގެންނެވުމުގެ ކުރިން، ޢަބްދުﷲ މަސައްކަތް ކުރައްވާފައިވަނީމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އަދި ސަރުކާރާއި ގުޅިވަޑައިގެންނެވުމުގެ ކުރިން، ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވާތަޖުރިބާ ހޯއްދަވާފައިވެއެވެ.

ޢަބްދުﷲ ވަނީ އީސްޓާރން މިޝިގަން ޔުނިވަރސިޓީއިން އިކޮނޮމިކްސްގެ ރޮނގުން މާސްޓަރސް ޑިގްރީއެއް ހާސިލްކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ވޭލްސްއިން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރ އޮފް އާޓްސް (އޮނަރސް) ހާސިލްކުރައްވާފައިވެއެވެ.


އައިޝަތް ލުއުލުއާ ހަސަން

ބޯޑު މެމްބަރު

ހ.ރީގަލަގެ، ކ. މާލެ

ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އައިޝަތު ލުއުލުއާ ހަސަން، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ މާރިޗު 2019 ގައެވެ. ލުއުލުއާއަކީ އާޓްސް އަދި ސަގާފަތް ކުރިއަރުވާ އިޖްތިމާއި ވިޔަފާރިއެއް ކަމަށްވާ އަވައްޓެރި ގެލެރީގެ ކޯ ފައުންޑާއެކެއެވެ.

ލުއުލުއާ ވަނީ ދައުލަތުގެ ފަރާތުން ޓެކްސްއާއި ބެހޭ ގާނޫނުތައް ތަންފީޒު ކުރާ އިދާރާ ކަމަށްވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑު މެންބަރުކަންވެސް އޯގަސްޓް 2010 އަކުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އަދާކުރައްވާފައެވެ. އަދި ކެއަރ ރޭޓިންގްސް މޯލްޑިވްސްގައި މަސައްކަތް ކުރެއްވިއިރު ރާއްޖެއަށް ކްރެޑިޓް ރޭޓިންގ ތައާރަފް ކުރުމަށް މުހިންމު ދައުރެއް އަދާކުރެއްވުމުގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގައި މެނޭޖަރެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވާ އެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައެވެ.

ރާއްޖެ އަދި ރާއްޖެއިން ބޭރުގައި ބޭއްވުނު ގިނަ އަދަދެއްގެ ފައިނޭންޝިއަލް ތަމްރީނުތަކާއި ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންފައިވާއިރު ލުއުލުއާ ވަނީ ޕާޓް ޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި ފެކަލްޓީ އޮފް މެނޭޖްމެންޓް އެންޑް ކޮމްޕިއުޓިންގައި 'މެނޭޖްމެންޓް އެންޑް އޯގަނައިޒޭޝަންސް' އުނގަންނަވައި ދެއްވުމުގެ މަސައްކަތްވެސް ކުރައްވާފައެވެ.

ލުއުލުއާ ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓްމިނިސްޓަރ އިން ބެޗެލަރ އޮފް ބިޒްނަސް މެނޭޖްމެންޓް ވިތް ފައިނޭންސް (އޮނަރޒް) ހާސިލް ކުރައްވާފައެވެ.


 

ޕަބްލިކް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރުން

މުޒުނީ މުޙައްމަދު

ބޯޑު މެންބަރު

މ. ވެސްޓް އެންޑް، ކ. މާލެ

ސެކިޔުރިޓީސް މާކެޓް ރެގިއުލޭޝަން ސެކްޓަރ ތަމްޞީލު ކުރައްވާ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޒުނީ މުޙައްމަދު، ޕެންޝަން އޮފީހުގެ ބޯޑާއި ގުޅިވަޑައިގެންނެވީ ފެބްރުއަރީ 2014 ގައެވެ. މުޒުނީ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އަދި މިވަގުތު ހުންނެވީ ސީ.އެމް.ޑީ.އޭ. ގެ ޕެންޝަން ސުވަރވިޝަން ޑިޕާޓްމަންޓްގެ އިސްފަރާތެއްގެ ގޮތުގައެވެ. މީގެ އިތުރުން، މުޒުނީ އަކީ ސީނިއަރ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެކެވެ. އަދި، ސީ.އެމް.ޑީ.އޭ. ތަމްޞީލް ކުރައްވާ މެމްބަރެއްގެ ގޮތުން، އޮޑިޓަރ ޖެނެރަލް އޮފީހުގެ ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރުކަން އަދާކުރައްވާފައިވެއެވެ. ބިޒްނަސް މެނޭޖްމަންޓް އިން މުޒުނީ ވަނީ ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން ފައިނޭންސް އެންޑް ބޭންކިންގްގެ ރޮނގުން މާސްޓަރ ޑިގްރީ ހާސިލް ކުރައްވާފައިވެއެވެ.


 މަރްޔަމް ޢަބްދުއް ނާޞިރު

ބޯޑު މެމްބަރު 

މ.ހީނާވިލް، ކ. މާލެ

 

 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ތަމްސީލް ކުރައްވާ މެންބަރެއްގެ ޙައިސިއްޔަތުން މަރިޔަމް އަބްދުލް ނާސިރު، ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަން ކުރެއްވީ މާރޗް 2018 ގައެވެ. މަރިޔަމް  މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޗީފް ރިސޯސް މޯބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމެންޓް އެގްޒެކެޓިވްގެ ގޮތުގައެވެ. މަރިޔަމް މިނިސްޓްރީ އާއި ގުޅިވަޑައިގަތީ އޮކްޓޯބަރ 2009 ގައި އެކްސްޓާރނަލް ރިސޯސް މެނޭޖްމަންޓް ޑިވިޒަން ގެ ޑެސްކް އޮފިސަރެއްގެ ހައިސިއްޔަތުންނެވެ.

ތައުލީމީ ރޮނގުން، މަރިޔަމް ވަނީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީ އިން ބިސްނަސް އެޑްމިނިސްޓްރޭޝަން ގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.