އެންމެ ފަހުގެ މަޢުލޫމާތު
މެންބަރުން
ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ތަފްސީލް، ޕެންޝަން ސްކީމުގެ ބައިވެރިންނަށް ފަސޭހަކަމާއެކު މެންބަރުންގެ ޕޯޓަލުން ބަލާލެވޭނެ. މީގެ އިތުރުން، ޕެންޝަން މޯބައިލް އެޕުންވެސް ބަލާލެވިދާނެ.
ވަޒީފާދޭ ފަރާތްތައް
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި މުވައްޒަފުން ބައިވެރިކޮށް މަހުންމަހަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫގެ ދަށުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ.


އިންވެސްޓްމަންޓް
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އިންވެސްޓްމަންޓް ކޮމިޓީއެއް އުފައްދާ މި ކޮމިޓީގެ ބެލުމުގެ ދަށުން "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލް (އެސްއޯއައިޕީ)" އެއް ފާސްކޮށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ކޮންޓްރިބިއުޝަންތައް އިންވެސްޓްކޮށް ބެލެހެއްޓުން ޕެންޝަން އޮފީހުގެ މައްޗަށް ލާޒިމުކުރެއެވެ.
ޕެންޝަން އޮފީސް
ޕެންޝަން އޮފީހަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ގާނޫނީ ޝަޙްސެކެވެ. ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ:
- ޕެންޝަން ސްކީމްތައް ބެލެހެއްޓުން
- ޕެންޝަން ޤާނޫނުގެދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި އެކަމާބެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުން
- އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ ދޫކުރުން
- އަދި ޕެންޝަން ސްކީމްތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމެވެ.