ތްރީ ޖެނެރޭޝަން ވޯކް

ތަޢާރަފު 

މިހިނގާލުމަކީ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިނގާލުމުކެވެ. މިހިނގާލުން އިންތިޒާމުކުރެވިފައިވަނީ ކުޑަކުދީންނާއި މައިންބައިފައިން އަދި މާމާ/ކާފައިން ހިމޭނެ ގޮތަށް އާއިލާތަކުގެ 3 ޖީލުގެ މީހުން ބައިވެރިވާ ހިނގާލުމެއްގެ ގޮތުގައެވެ. 


މަޤްޞަދުތައް 

މިހިނގާލުމުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަން މަތީ އުޅުމަށް ކުރެވެން ހުރިކަންކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމާއި، އެކަމުގެ މުހިންމުކަން ކުޑަކުދިންނާއި ޒުވާނުންނަށް  އަންގައިދިނުމާއި، އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް ކުރެވެން ހުރި ކަންތައްތައްކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. 

މީގެ އިތުރުން ޒުވާން އުމުރުގައި ރިޓަޔަމަންޓަށް ތައްޔާރުވުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީވެސް މިހަރަކާތް ހިންގުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 


ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވާ ތަން 

ހިނގާލުން އޮންނާނީ ފުވައްމުލަކުގެ ވަލިފަންނު ސަރައްދުގައި 14އޮކްޓޫބަރު 2022 ވާ ހުކުރު ދުވަހުގެ ހަވީރު 15:45 އިން 16:10 އަށެވެ. ހިނގާލުން ނިންމާނީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގެ އިޖުތިމާއި މަރުކަޒުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އާއިލީ ހަވީރު އޮންނަ ސަރަހައްދަށެވެ. 


އިވެންޓް ޓީޝާޓް

ހިނގާލުމުގައި ބައިވެރިވާން އެދޭ ފުރަތަމަ 300 ފަރާތަށް އިވެންޓް ޓީޝާޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.