ރަމަޟާން ކުއިޒް 1443

ގަވާއިދު

  • ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 30 ރަމަޟާންގެ ނިޔަލަށް ޕެންޝަން އޮފީހުގެ ފޭސްބުކް ޕޭޖުގައި ދުވާލަކު 1 ސުވާލު ޕޯސްޓް ކުރެވޭނެއެވެ. 
  • ރޯދަ ކުއިޒްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސުވާލު ޕޯސްޓް ކުރާތާ 24 ގަޑިއިރުތެރޭ ކޮމެންޓް ސެކްޝަނުގައި ޖަވާބު ދޭންވާނެއެވެ. 
  • ކުއިޒުގެ ބައިވެރިން ސުވާލުތަކަށް ޖަވާބު ދޭން ބޭނުން ކުރަންވާނީ އެއް ފޭސްބުކް އައިޑީ އެވެ. އެއް އައިޑީއަށް ވުރެ ގިނަ އައިޑީ މެދުވެރިކޮށް ސުވާލުތަކަށް ޖަވާބު ދޭފަރާތްތަކުގެ ޖަވާބު ބަލައެއް ނުގަނެވޭނެއެވެ. 
  • ވަނަތައް ހާސިލްކުރާ ފަރާތްތައް އިއުލާނު ކުރާނީ ޕެންޝަން އޮފީހުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. 
  • ޕެންޝަން އޮފީހުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އަނބިން/ފިރިން އަދި ދަރިންނަށް  ކުއިޒުގައު ބައިވެރިނުވެވޭނެއެވެ.

އިނާމު

  • ހަފްތާ އިނާމް

ކޮންމެ ހަފްތާއަކު  ހުށަހަޅާ ސުވާލުތަކަށް ރަނގަޅު  ޖަވާބު ދެއްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ބޭފުޅަކަަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

  • ގްރޭންޑް ޕްރައިޒް

މުޅި ކުއިޒްގެ ހުރިހާ ސުވާލުތަކަށް ރަނގަޅު ޖަވާބު ދެއްވާ ފަރާތްތައް ހިމަނައިގެން ނޭގެ ގުރުއަތުން 3 ފަރާތެއް ހޮވާނެއެވެ. މިގޮތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާ، ދެވަނަ އަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާ، އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 2،000 ރުފިޔާ ލިބޭނެއެވެ.

ގްރޭންޑް ޕްރައިޒް ދިނުމަށް ބާއްވާ ގުރުއަތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޕެންޝަން އޮފީހާއި ހިއްސާކުރަން ވާނެއެވެ. ހުރިހާ ސުވާލުތަކަކަށް ރަނގަޅު ޖަވާބުދެއްވައިގެން ޝަރުތުހަމަވާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހޯދުމަށް ޕެންޝަން އޮފީހުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އަންގާނެއެވެ.

ކުއިޒަށް ތައްޔާރުވުން

  • ކުއިޒަށް ތައްޔާރުވުމަށް ޕެންޝަން އޮފީހުގެ ވެބްސައިޓްގައިވާ މެންބަރުންނާ ގުޅޭ ސުވާލާއި ޖަވާބުތައް ލަރނިންގ މެޓީރިއަލްސްގެ ގޮތުގައި ބޭނުންކުރައްވާ. 

https://pension.gov.mv/dv/faq/members

އަޅުގަނޑުމެންނާ ގުޅުއްވުމަށް

  • ކުއިޒާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށާއި ޝަކުވާ ހުށަހެޅުއްވުމަށް [email protected] އަށް މެއިލް ކުރައްވާށެވެ.

ކުއިޒުގެ ސުވާލާއި ޖަވާބު

1 - މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން މަހުންމަހަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކައި އެފައިސާ އިންވެސްޓްކޮށް ފަހަށް ފައިސާ ރައްކާކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ހިންގާ ޕެންޝަން ސްކީމުގެ ނަމަކީ ކޮބާ؟ 

A އަސާސީ ޕެންޝަން ސްކީމް 

B މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް

C ޕްރޮވިޑެންޓް ފަންޑް


2 - ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ ލިބެނީ ކޮން ބަޔަކަށް؟

A ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންނަށް

B ޕެންޝަން އޮފީހަށް 

C ސަރުކާރަށް


3 - ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރުމުގެ ބޭނުމަކީ ކޮބާ؟ 

A އަސާސީ ޕެންޝަން ދިނުމަށް ފައިސާ ހޯދުން

B ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާގެ އަގު ހިފެހެއްޓުމާއި ސްކީމުގެ މެންބަރުންގެ ޕެންޝަނަށް ރައްކާކުރެވޭ ފައިސާ އިތުރުކުރުން

C ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ މީހުންނަށް ޕެންޝަން ދިނުމަށް ބޭނުންވާ ފައިސާ ހޯދުން 


4 - 2021 ވަނަ އަހަރު ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ އިދާރީ ފީ އަކީ ކިހާވަރެއް؟

A 0.9%

B 0.6%

C 0.3%


5 - ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓްކުރުމަށް ޕެންޝަނާބެހޭ ޤާނޫން ހުއްދަކުރާ އެސެޓްސްގެ ބާވަތްތަކުގެ ތެރެއިން އެއް ބާވަތަކީ ކޮބާ؟  

A ކޮމޯޑިޓީސް

B ލައިސަންސް އޮތް ސްކޮޓް އެކްސްޗޭންޖެއްގައި ލިސްޓްކުރެވިފައިވާ ސެކިއުރިޓީސްތައް

C މަތީގައި ދީފައިވާ ހުރިހާ ބާވަތްތަކެއްގައި ވެސް އިންވެސްޓްކުރެވޭނެ


6 - އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފަކު ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން ފަށަންޖެހޭނީ ކޮންއިރަކު؟

A ދާއިމީ ވަޒީފާއެއް ހަމަޖެހުމުން

B މުސާރަލިބޭ ފުރަތަމަ މަހުން ފެށިގެން

C ޕްރޮބޭޝަން ނިމުމުން


7 - ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މަހަކު 9000 ރުފިޔާ ލިބޭ މީހަކަށް އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭނީ ކިހާވަރެއް؟

Aއ5000 ރުފިޔާ

Bއ500 ރުފިޔާ 

Cއ7500 ރުފިޔާ 


8 - އުމުރުން 65 އަހަރު ފުރޭ އިރު ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި 600،000 ރުފިޔާ ހުރި ނަމަ ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ޕެންޝަންގެ ގޮތުގައި މަހަކު ލިބޭނީ ކިހާވަރެއް؟ 

Aއ3،571 ރުފިޔާ 

Bއ5،000 ރުފިޔާ

Cއ10،000 ރުފިޔާ


9 - ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރަކު ނިޔާވެއްޖެނަމަ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ އަށް ވާނީ ކިހިނެއް؟

A ކޯޓު މެދުވެރިކޮށް އެމީހެއްގެ ވާރިސުންނާ ހަވާލު ކުރެވޭނެ

B ދައުލަތަށް ނަގާނީ

C އަސާސީ ޕެންޝަން ދިނުމަށް ބޭނުންކުރާނީ


10 - ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރުމުގައި އެންމެ އިސްކަންދޭ އެއްކަމަކީ ކޮބާ؟

A އެންމެ ބޮޑު ފައިދާއެއް ހޯދުމަށް

B ފައިސާގެ ރައްކާތެރިކަމަށް ބަލައި އެންމެ ރަނގަޅު ނަފާއެއް ލިބޭނެ ތަންތަނުގައި އިންވެސްޓްކުރުން

C ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބޭނުންކުރުން 


11 - ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ އިދާރީ ފީގެ ގޮތުގައި ސްކީމުގެ ބައިވެރިން ދައްކާ ފައިސާ ބޭނުންކުރަނީ ކޮންކަމަކަށް؟

A ސަރުކާރުގެ ޚަރަދުތަކަށް

B އިންވެސްޓް ކުރުމަށް

C ރިޓަޔަރމަންޓް ޕެންޝަން ސްކީމް ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށް


12 - ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދެއްކުން ޤާނޫނުން ލާޒިމުކުރާ އަސާސީ މުސާރައިގެ 14% ގެ އިތުރަށް ސްކީމަށް ފައިސާ ދެއްކުމުން ލިބޭނެ ފައިދާ އަކީ ކޮބާ؟ 

A އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަވާނެ

B ޕެންޝަނަށް ޖަމާކުރެވޭ ފައިސާ އިތުރުވެ، ރިޓަޔަރމަންޓަށް ފަހު ސްކީމުން ޕެންޝަނުގެ ގޮތުގައި ލިބޭ އަދަދު އިތުރުވާނެ

C އިންވެސްޓް ކުރާނެ ތަންތަން ކަނޑައެޅުމުގެ އިޚްތިޔާރު އެކައުންޓުގެ ވެރިފަރާތަށް ލިބޭނެ


13 - ތިރީގައި ދީފައިވާ ފަރާތްތަކުގެ ތެރެއިން ޕެންޝަން އެސެޓްސް އިންވެސްޓް ކުރެވޭ ގޮތާއި، އިންވެސްޓްމަންޓްތަކުގެ ޕާރފޯމަންސް ބެލެހެއްޓުމުގެ ޒިންމާ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ހަވާލުކުރެވިފައިވަނީ ކޮންފަރާތަކާ؟

A ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ގާއިމުކުރެވިފައިވާ ޕެންޝަން ސުޕަރވިޝަން ޑިޕާރޓްމަންޓުން

B މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން

C މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ އިން


14 - މުވަ‎އްޒަފެއްގެ ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ ނުވަތަ ދައްކަންޖެހޭ އަދަދަށް ވުރެ މަދުން ފައިސާ ދައްކާފައިވާކަން ފާހަގަ ކުރެވި އެކަން އިސްލާހުކުރުމަށް ވަަޒީފާއަދާކުރަާ ފަރާތުން އެދުމުން ވަޒީފާދޭފަރާތުން އެކަން އިސްލާހު ނުކުރާނަމަ ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން އޮފީހަށް  އެމައްސަލަ ހުށަހަޅަންޖެހެނީ އެކަމެއް ހިނގިތާ ގިނަވެގެން  ކިހާ ދުވަހެއްގެ ތެރޭގައި؟

Aއ3 މަސް 

Bއ6 މަސް

Cއ12 މަސް 


15 - ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ވަޒީފާދޭ ފަރާތުން ކޮންޓްރިބިއުޝަން ނުދައްކައިފިނަމަ ޖޫރިމަނާ ގޮތުގައި ދައްކަންޖެހެނީ ކިހާވަރެއް؟ 

A ފައިސާ ނުދައްކައިވާ ކޮންމެ މަހަކަށް، ނުދައްކައިވާ އަދަދުގެ %0.5

B ފައިސާ ނުދައްކައިވާ ކޮންމެ މަހަކަށް، ނުދައްކައިވާ އަދަދުގެ %2

C ފައިސާ ނުދައްކައިވާ ކޮންމެ މަހަކަށް، ނުދައްކައިވާ އަދަދުގެ %1


16 - ވޮލަންޓްރީ ކޮންޓްރިބިއުޝަންގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް އެންމެ ގިނަވެގެން އަހަރަކު ދެއްކޭނީ ކިހާވަރެއް؟

A ފާއިތުވި އަހަރު ދައުލަތުގެ ވަޒީފާއެއް އަދާކުރި މީހުންގެ ތެރެއިން އެންމެ މަތީ މުސާރައެއް ލިބޭ މީހާގެ ޕެންޝަނަށް ބަލާ މުސާރައިގެ (އަހަރީ މުސާރަ) %20 އަށްވުރެ ބޮޑު ނޫން އަދަދެއް 

B ފާއިތުވި އަހަރު ދައުލަތުގެ ވަޒީފާއެއް އަދާކުރި މީހުންގެ ތެރެއިން އެންމެ މަތީ މުސާރައެއް ލިބޭ މީހާގެ ޕެންޝަނަށް ބަލާ މުސާރައިގެ (އަހަރީ މުސާރަ) %12 އަށްވުރެ ބޮޑު ނޫން އަދަދެއް 

C ފާއިތުވި އަހަރު ދައުލަތުގެ ވަޒީފާއެއް އަދާކުރި މީހުންގެ ތެރެއިން އެންމެ މަތީ މުސާރައެއް ލިބޭ މީހާގެ ޕެންޝަނަށް ބަލާ މުސާރައިގެ (އަހަރީ މުސާރަ) %14 އަށްވުރެ ބޮޑު ނޫން އަދަދެއް 


17 - ގެއެއް ގަތުމަށް އާރްއެސްއޭއިން 300,000 ރ ކޮލެޓަރަލައިޒް ކުރުމަށްފަހު ލޯނުދައްކައި ނިމޭ ފަހުން ރިޓަޔަރކުރާ މީހެއްގެ ރިޓަޔަރމަންޓް ބެލެންސްގައި 1000000 ރ ހުރިނަމަ އެއަދަދުގެ ތެރޭގައި ކޮލެޓަރަލައިޒް ކުރި 300,000 ރ ހިމެނޭނެތަ؟

A އާނއެކެވެ. 

B ނޫނެކެވެ.


18 - ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދެއްކޭނީ ކިހާވަރެއް؟ 

A ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ އަގުގެ %80 އަށްވުރެ އިތުރުނުވާ އަދަދެއް 

B ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ އަގުގެ %70 އަށްވުރެ އިތުރުނުވާ އަދަދެއް 

C ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ އަގުގެ %60 އަށްވުރެ އިތުރުނުވާ އަދަދެއް 


19 - ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ޕެންޝަނުގެ ގޮތުގައި މަހަކު 10،000 ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބޭނީ އުމުރުން 65 އަހަރު ފުރޭއިރު ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ބެލެންސްގައި ކިހާވަރެއް ހުރެގެން؟ 

Aއ1،000،000 ރުފިޔާ  

Bއ1،200،000 ރުފިޔާ

Cއ1،700،000 ރުފިޔާ 


20 - މުވައްޒަފުން ޕެންޝަން ކޮންޓްރިބިއުޝަނުގެ ގޮތުގައި މަހުންމަހަށް ދައްކަންޖެހޭ އަދަދު ކަނޑައެޅުމަށް ބަލާ މުސާރަ (ޕެންޝަނަށް ބަލާ މުސާރަ) އަކީ ކޮބާ؟

A އަސާސީ މުސާރަ

B އަސާސީ މުސާރަ އާއި އެލަވަންސްތައް ހިމަނައިގެން ލިބޭ ޖުމްލަ މުސާރަ

C ލޯނު/ކްރެޑިޓް ސްކީމުތަކަށް ދައްކަންޖެހޭ އަދަދު އަސާސީ މުސާރައިން އުނިކުރުމަށްފަހު ބާކީވާ އަދަދު 


21 - ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ޕެންޝަން ލިބޭ އުމުރު ހަމަވުމަށް ފަހު ފޯމު ހުށަނާޅާ ފާއިތުވާ މުއްދަތުގެ ފައިސާ ދޫކުރާނެ ހެއްޔެވެ؟

A އާނއެކެވެ.

B ނޫނެކެވެ.


22 - ގެދޮރުގަތުމަށް ނަގާ ލޯނުގެ ޑައުންޕޭމަންޓުގެ ގޮތުގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ބެލެންސްގައި ހުރި ޖުމްލަ އަދަދު ކޮލެޓަރަލައިޒް ކުރެވޭނީ ޕެންޝަން ސްކީމުގެ މެންބަރުންގެ ތެރެއިން ކޮން އުމުރުފުރައެއްގެ ބަޔަކަށް؟ 

Aއ16 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް  

Bއ36 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނަށް  

Cއ50 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް  


23 - ވަޒީފާދޭ ފަރާތުން ޮެޕެންޝަން އޮފީހަށް ހުށަހަޅާ ޕެންޝަން ކޮންޓްރިބިއުޝަންސްއާ ބެހޭ ލިޔުންތައް ބަލަހައްޓަން ޖެހެނީ ކިހާ މުއްދަތަކަށް؟

A މަދުވެގެން 6 އަހަރު ވަންދެން

B މަދުވެގެން 5 އަހަރު ވަންދެން

C މަދުވެގެން 3 އަހަރު ވަންދެން


24 - 12 މާރިޗު 2020 އިން 12 އެޕްރީލް 2022 އާއި ދެމެދުގެ ތާރީޚެއްގައި އުމުރުން 65 އަހަރު ފުރޭ މީހުންގެ ތެރެއިން 65 އަހަރު ފުރުމަށްފަހު ފެންޝަނަށް އެދޭ ފޯމު ހުށަނޭޅުމުގެ ސަބަބުން ޕެންޝަން ނުލިބި ފާއިތުވެފައިވާ މަސްތަކުގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންތާރީޚެއްގެ ކުރިން ފޯމު ހުށަހެޅުމުން؟ 

Aއ13 މޭ 2022

Bއ30 ޖޫން 2022

Cއ 12 ޖޫން 2022


25 - ޕެންޝަން އޮފީހުގެ ބޯޑު އެކުލެވިގެންވަނީ ކިތައް މެންބަރުންގެ މައްޗަށް؟ 

Aއ6 މެންބަރުން

Bއ7 މެންބަރުން

Cއ8 މެންބަރުން


26 - ފަރުޟު ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކު އިތުރު ހައްޖެއްކުރުމަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ބޭނުންކުރެވޭނެތަ؟

A އާނއެކެވެ.

B ނޫނެކެވެ. 


27 - ޕެންޝަން އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް، އޮންލައިންކޮށް އެއްތަނަކުން ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްގެ ނަމަކީ ކޮބާ؟

A ކޮށާރު ޕޯޓަލް

B ޕެންޝަން ލައިިވް

C ޑިޖިޓަލް ޕޯޓަލް


28 - މުވައްޒަފެއްގެ އުމުރުން މީލާދީ ގޮތުން 65 އަހަރު ފުރުމަށްފަހު، ވަޒީފާ އަދާކުރާނަމަ، އެ މުވައްޒަފެއްގެ ފަރާތުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ކޮންޓްރިބިއުޝަން ދައްކަން ޖެހޭނެތަ؟ 

A އާނއެކެވެ.

B ނޫނެކެވެ. 


29 - މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރާ މައިގަނޑު ދެ ޕޯރޓްފޯލިއޯއަކީ ކޮބާ؟

A ޝަރީއާ ޕޯރޓްފޯލިއޯ އަދި އިންވެސްޓްމަންޓް ޕޯރޓްފޯލިއޯ

B އިންވެސްޓްމަންޓް ފަންޑު އަދި މިއުޗުއަލް ފަންޑް

C ކުންފުނިތަކުގެ ހިއްސާ އަދި ސުކޫކް


30 - މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކާ ފައިސާއިން، އިންކަމް ޓެކްސް ނެގުމުން އިސްތިސްނާވާނެތަ؟ 

A އާނއެކެވެ.

B ނޫނެކެވެ.