ގަވާއިދު
- ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 29 ރަމަޟާންގެ ނިޔަލަށް ޕެންޝަން އޮފީހުގެ ފޭސްބުކް ޕޭޖުގައި ދުވާލަކު 1 ސުވާލު ޕޯސްޓް ކުރެވޭނެއެވެ.
- ރޯދަ ކުއިޒްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސުވާލު ޕޯސްޓް ކުރާތާ 24 ގަޑިއިރުތެރޭ ކޮމެންޓް ސެކްޝަނުގައި ޖަވާބު ދޭންވާނެއެވެ.
- ކުއިޒުގެ ބައިވެރިން ސުވާލުތަކަށް ޖަވާބު ދޭން ބޭނުން ކުރަންވާނީ އެއް ފޭސްބުކް އައިޑީ އެވެ. އެއް އައިޑީއަށް ވުރެ ގިނަ އައިޑީ މެދުވެރިކޮށް ސުވާލުތަކަށް ޖަވާބު ދޭފަރާތްތަކުގެ ޖަވާބު ބަލައެއް ނުގަނެވޭނެއެވެ.
- ވަނަތައް ހާސިލްކުރާ ފަރާތްތައް އިއުލާނު ކުރާނީ ޕެންޝަން އޮފީހުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.
- ޕެންޝަން އޮފީހުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އަނބިން/ފިރިން އަދި ދަރިންނަށް ކުއިޒުގައި ބައިވެރިނުވެވޭނެއެވެ.
އިނާމު
- ހަފްތާ އިނާމް
ކޮންމެ ހަފްތާއަކު ހުށަހަޅާ ސުވާލުތަކަށް ރަނގަޅު ޖަވާބު ދެއްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ބޭފުޅަކަަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
- ގްރޭންޑް ޕްރައިޒް
މުޅި ކުއިޒްގެ ހުރިހާ ސުވާލުތަކަށް ރަނގަޅު ޖަވާބު ދެއްވާ ފަރާތްތައް ހިމަނައިގެން ނޭގެ ގުރުއަތުން 3 ފަރާތެއް ހޮވާނެއެވެ. މިގޮތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާ، ދެވަނަ އަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާ، އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 2،000 ރުފިޔާ ލިބޭނެއެވެ.
ގްރޭންޑް ޕްރައިޒް ދިނުމަށް ބާއްވާ ގުރުއަތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޕެންޝަން އޮފީހާއި ހިއްސާކުރަން ވާނެއެވެ. ހުރިހާ ސުވާލުތަކަކަށް ރަނގަޅު ޖަވާބުދެއްވައިގެން ޝަރުތުހަމަވާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހޯދުމަށް ޕެންޝަން އޮފީހުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އަންގާނެއެވެ.
ކުއިޒްގެ ފަހު ހަފްތާގެ ގުރުއަތު ނެގުމާއި މުޅި ކުއިޒްގެ ވަނަތައް ހޮވުމަށް ގުރުއަތުލުން އޮންނާނީ 26 އެޕްރީލް 2023 ވާ ބުދަދުވަހު 14:00 ގައެވެ. މުބާރާތުގެ ހުރިހާ ގުރުއަތުލުމެއްވެސް ލައިވްކޮށް ޕެންޝަން އޮފީހުގެ ފޭސްބުކް ޕޭޖުން ގެނެސްދެވޭނެއެވެ.
ކުއިޒަށް ތައްޔާރުވުން
- ކުއިޒަށް ތައްޔާރުވުމަށް ޕެންޝަން އޮފީހުގެ ވެބްސައިޓްގައިވާ މެންބަރުންނާ ގުޅޭ ސުވާލާއި ޖަވާބުތައް ލަރނިންގ މެޓީރިއަލްސްގެ ގޮތުގައި ބޭނުންކުރައްވާ.
ކުއިޒްގެ ސުވާލާއި ޖަވާބު
