ސުވާލާއި ޖަވާބު

1. އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ ކޮބާ؟

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރުން މަތީގެ ދިވެހިރައްޔިތުންގެ ތެރެއިން އަންނަނިވި ޝަރުތުތައް ހަމަވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަނެކެވެ. ޝަރުތުތަކަކީ:

  • ދިވެހި ރައްޔިތެއް ކަމުގައި ވުން
  • މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން
  • ދިވެހި ރާއްޖޭގައި ދިރިއުޅޭ މީހަކު ކަމުގައި ވުން
  • ދައުލަތުގެ ޚަރަދުގައި ފުލްޓައިމް ކޮށް ބަލަހައްޓަމުން ގެންދާ ނުވަތަ ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުން ގެންދާ މީހެއްކަމުގައި ނުވުން 
  • ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ އެހެން ޕެންޝަނަކުން 5000 ރުފިޔާ އަށްވުރެ މަތީ އަދަދެއް ލިބޭ މީހަކަށް ނުވުން
  • މޯލްޑީވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މަހަކު 10،000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ލިބޭ މީހަކަށް ނުވުން

2. އަސާސީ ޕެންޝަންގެ ގޮތުގައި ދެނީ ކިހާވަރެއް؟

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު ހަތަރުވަނަ އިސްލާހާ ގުޅިގެން، 2019 މާރޗުން ފެށިގެން އަސާސީ ޕެންޝަންގެ ގޮތުގައި ދެވެނީ 5000 ރުފިޔާއެވެ.

އަސާސީ ޕެންޝަން ފިޔަވައި އެހެން ޕެންޝަން ސްކީމަކުން ޕެންޝަން ލިބޭ މީހެއް ނަމަ އެމީހަކަށް އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭނެ އަދަދު ހިސާބުކުރެވޭއިރު އެހެން ޕެންޝަން ސްކީމްތަކުން ލިބޭ ޕެންޝަނަށް ރިއާޔަތް ކުރެވޭނެއެވެ. އެގޮތުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ޕެންޝަން ލިބޭ މީހެއްނަމަ އަސާސީ ޕެންޝަން ހިސާބު ކުރާއިރު ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ލިބޭ އަދަދުގެ 50% އަސާސީ ޕެންޝަންގެ 5000 ރުފިޔާއިން އުނިކުރެވޭނެއެވެ. އަދި ހަމައެޔާއެކު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ  އެހެން ޕެންޝަނެއް ލިބޭ މީހެއްނަމަ އެ ޕެންޝަނުގެ ގޮތުގައި ލިބޭ އަދަދު (100%) އަސާސީ ޕެންޝަނުގެ 5000 ރުފިޔާއިން އުނިކުރެވޭނެއެވެ.

3. އަސާސީ ޕެންޝަނަށް އެދޭނީ ކޮންއިރަކު؟

މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރުމުގެ 6 މަސް ކުރިން ނޫންނަމަ އޭގެފަހުގެ ކޮންމެ ތާރީޚެއްގައި ވެސް އަސާސީ ޕެންޝަނަށް އެދެވިދާނެއެވެ. އަސާސީ ޕެންޝަން ފޯރުކޮށް ދޭނީ ޕެންޝަން ލިބޭ އުމުރު ހަމަވެ ޕެންޝަނަށް އެދި ފޯމު ހުށަހަޅާ ތާރީޚުން ފެށިގެންނެވެ. 

4. އަސާސީ ޕެންޝަނަށް އެދޭނީ ކިހިނެއް؟

އަސާސީ ޕެންޝަނަށް އެދޭނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމް (ޕެންޝަނަށް އެދޭ ފޯމް) ފުރިހަމަކޮށް، އެ ފޯމު ޕެންޝަން އޮފީހަށް ހުށަހަޅައި ގެންނެވެ. ލޯކަލް ކައުންސިލް އިދާރާތައް މެދުވެރިކޮށްވެސް މި ފޯމު ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. 

މިފޯމު ޕެންޝަން އޮފީހުގެ ރިސެޕްޝަނުންނާއި ލޯކަލް ކައުންސިލްތަކުގެ އިދާރާތަކުން ލިބެން ހުންނާނެއެވެ. އަދި ޕެންޝަން އޮފީހުގެ ވެބްސައިޓް https://pension.gov.mv/forms  އިން ޑައުންލޯޑް ކުރެވޭނެއެވެ.

5. އަސާސީ ޕެންޝަނަށް އެދޭފަރާތްތަކުން "ޕެންޝަނަށް އެދޭ ފޯމް" ގެ އަސްލު ޕެންޝަން އޮފީހަށް ފޮނުވަން ޖެހޭނެތޯ؟

ޕެންޝަނަށް އެދޭ ފޯމުގައި ޕެންޝަން ފައިސާ ޖަމާކުރުމަށް ދޭ ބެންކު އަކައުންޓަކީ ސިންގަލް އެކައުންޓެއް ނަމަ "ޕެންޝަނަށް އެދޭ ފޯމް'' ފުރިހަމަކޮށް، އެ ފޯމު ޕެންޝަން އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެވިދާނެއެވެ. ނަމަވެސް ޖޮއިންޓް އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދޭ ފަރާތްތަކުން ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ.

6. އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ލިބޭނެތޯ؟

އަސާސީ ޕެންޝަންގެ ފައިސާ ޖަމާކުރާނީ ޕެންޝަން އެދޭ ފޯމުގައި ޕެންޝަނަށް އެދޭ ފަރާތުން ދީފައިވާ ބެންކު އެކަޓަށެވެ. މިއެކައުންޓަކީ ޕެންޝަން ލިބޭ މީހާގެ ނަން ހިމެނޭ ގޮތަށް ހުޅުވާފައިވާ ސިންގަލް ނުވަތަ ޖޮއިންޓް އެކައުންޓަކަށް ވާންވާނެއެވެ. އަދި، މިއެކައުންޓަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ދިވެހި ފައިސާގެ އެކައުންޓަކަށް ވެސް ވާން ޖެހޭނެއެވެ.

7. އަސާސީ ޕެންޝަން ލިބޭ އުމުރު (65 އަހަރު) ހަމަވުމަށް ފަހު ފޯމު ހުށަނާޅާ ފާއިތުވާ މުއްދަތުގެ ފައިސާ ދޫކުރާނެ ހެއްޔެވެ؟

1 ޖަނަވަރީ 2015 އިން ފެށިގެން ޕެންޝަނަށް ނޭދި ފާއިތުވާ މުއްދަތަށް ޕެންޝަނުގެ ފައިސާ ދޫކުރުން ވަނީ ހުއްޓާލާފައެވެ. މިތާރީޚުގެ ފަހުން، އުމުރުން 65 އަހަރު ފުރުމަށްފަހު ޕެންޝަނަށް އެދޭ ފަރާތްތަކަށް ޕެންޝަން ފައިސާ ފޯރުކޮށްދޭނީ ޕެންޝަނަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ.

8. ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓް ނުވަތަ އެނޫންވެސް މަޢުލޫމާތެއް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި އަމަލުކުރާނީ ކިހިނެއް؟

ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓް ބަލަދުކުރުމަށް ހުށަހަޅާނީ ''ބޭންކު އެކައުންޓް ބަދަލުކުރުމަށް އެދޭ ފޯމް'' މެދުވެރިކޮށެވެ. ބެންކު އެކައުންޓާ ގުޅޭ މައުލޫމާތު ފިޔަވައި އެހެން މަޢުލޫމާތުތައް ބަދަލުކުރުމަށް ހުށަހަޅާނީ ''މަޢުލޫމާތު ބަދަލުކުރަން އެދޭ ފޯމު'' މެދުވެރިކޮށެވެ. މި ދެފޯމު ޕެންޝަން އޮފީހުގެ ވެބްސައިޓު www.pension.gov.mv އިން ލިބެން ހުންނާނެއެވެ.

1. ވަޒީފާދޭ ހުރިހާ ފަރާތަކުން ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ކުރުމަކީ ލާޒިމް ކަމެއްތަ؟

ސަރުކާރުގެ އަދި އަމިއްލަ ހުރިހާ ވަޒީފާދޭފަރާތަކުންވެސް ޕެންޝަން އޮފީހުގައި ރަޖިސްޓަރީކޮށް، ވަޒީފާއަދާކުރާ ހުރިހާ ދިވެހި މުވައްޒަފުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމް. އާރް.ޕީ. އެސް) ގައި ބައިވެރިކުރަންވާނެއެވެ. 

2. ވަޒީފާދޭ ފަރާތް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓަރ ކުރާނީ ކިހިނެއް؟

2021 މޭ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުގައި ރަޖިސްޓަރީވާ ވަޒީފާ ދޭފަރާތްތައް ހުންނާނީ  އެމް.އާރު.ޕީ.އެސް ގައިވެސް ރަޖިސްޓަރީ ވެފައެވެ. އެކަން ވަޒީފާދޭ ފަރާތަށް ފޮނުވޭ އީ މެއިލް އަކުން އެނގިގެންދާނެއެވެ. 

2021 ވަނަ އަހަރުގެ މޭމަހުގެ 25 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކޮށްފައިވާ ވަޒީފާދޭ ތަންތަނާއި، މިތާރީޚުގެ ފަހުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓު ފިޔަވައި ސަރުކާރުގެ އެހެން އިދާރާތަކުގައި ރަޖިސްޓަރީވާ ވަޒީފާދޭ ތަންތަން އެމް.އާރު.ޕީ.އެސް ގައި ރަޖިސްޓަރީ ވެވޭނީ ޕެންޝަން އޮފީހުގެ މެންބަރ ޕޯޓަލް މެދުވެރި ކޮށެވެ.  

މެންބަރ ޕޯޓަލް ގެ ލިންކް: https://portal.pension.gov.mv/login

3. މެންބަރ ޕޯރޓަލް މެދުވެރިކޮށް ވަޒީފާދޭ ފަރާތް ރަޖިސްޓްރީ ކުރާނީ ކިހިނެއް؟

މެންބަރ ޕޯރޓަލް މެދުވެރިކޮށް ވަޒީފާދޭ ފަރާތް ރަޖިސްޓްރީ ވުމަށް ޕޯރޓަލްއަށް ލޮގިން ކުރާނީ ކުންފުނީގެ ނުވަތަ އޮފީހުގެ ޒިންމާދާރު ފަރާތެކެވެ. ލޮގިން ކުރުމަށް ފަހު ޕޯރޓަލްގެ ވާތް ފަރާތުގައިވާ މެނޫއިން "Services"  އަށް ގޮސް "އެމްޕްލޯޔަރ ރެޖިސްޓްރޭޝަން" ނެގުމަށްފަހު އެބައިގައިވާ މައުލޫމާތު ފުރިހަމަކޮށް ހުށަހެޅުމުން، ހުށަހެޅި މައުލޫމާތު ސައްހަތޯ ބެލުމަށްފަހު، މައުލޫމާތު ސައްހަނަމަ ވަޒީފާދޭފަރާތްރަޖިސްޓަރީކޮށް އެކަން އެންގުމަށް ވަޒީފާދޭ ފަރާތަށް އީމެއިލެއް ފޮނުވާނެއެވެ. 

މެންބަރ ޕޯޓަލް ގެ ލިންކް: https://portal.pension.gov.mv/login

4. 2021 ވަނަ އަހަރުގެ މޭމަހުގެ 25 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކޮށްފައިވާ ވަޒީފާދޭ ތަންތަން މެންބަރ ޕޯޓަލް އަށް ބަދަލު ކުރުމަށް (މައިގްރޭޓު ކުރުމަށް) ބޭނުންނަމަ އަމަލު ކުރަންޖެހޭނީ ކިހިނެއް؟

ކޮށާރު ބޭނުންކުރާ ވަޒީފާދޭފަރާތްތައް މެންބަރ ޕޯޓަލްއަށް ބަދަލުވުމަށްޓަކައި މެންބަރ ޕޯޓަލްއަށް ލޮގިން ކުރުމަށްފަހު ކަނާތްފަރާތުގެ މަތީކަނުގައިވާ "ޑްރޮޕް ޑައުން މެނޫ" އިން "ލިންކް ކޮށާރު" އަށް ގޮސް "ޔޫސަރ ނޭމް" އާއި "ޕާސްވޯޑު" ޖަހައި "މައިގްރޭޓް" ކުރާނީއެވެ.  

5. ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި މުވައްޒަފުން ބައިވެރިކޮށް ކޮންޓްރިބިއުޝަން ދައްކާނީ ކިހިނެއް؟

ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުން ޕެންޝަން ސްކީމުގައި ބައިވެރިކޮށް ކޮންޓްރިބިއުޝަން ދެއްކޭނީ ޕެންޝަން އޮފީހުގެ ކޮށާރު ފޯރޓަލް ނުވަތަ މެންބަރ ޕޯރޓަލް މެދުވެރިކޮށެވެ.

6. ވަގުތީ މުވައްޒަފުންނާއި ކޮންޓްރެކްޓް އުސޫލުން މަސަކަތް ކުރާ މުވައްޒަފުންގެ އިތުރުން ދުވަހު މުސާރައަށް މަސަކަތް ކުރާ މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރި ކުރުމަކީ ލާޒިމް ކަމެއްތޯ؟

ވަގުތީ މުވައްޒަފުންނާއި ކޮންޓްރެކްޓް އުސޫލުން މަސަކަތް ކުރާ މުވައްޒަފުންގެ އިތުރުން ދުވަހު މުސާރައަށް މަސަކަތް ކުރާ މުވައްޒަފުން ވެސް ވަޒީފާދޭ ދުވަހުންފެށިގެން ޕެންޝަން ސްކީމުގައި ބައިވެރި ކުރަންވާނެއެވެ.

7. ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި މަހެއްގެ މައްޗަށް ދައްކަންޖެހެނީ ކިހާވަރެއް؟

ވަޒީފާ އަދާކުރާ ފަރާތުން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު އެމުވައްޒަފެއްގެ އަސާސީ މުސާރައިގެ %7 ދައްކަންވާނެއެވެ. އަދި ވަޒީފާދޭ ފަރާތުންވެސް އެމުވައްޒަފެއްގެ އަސާސީ މުސާރާއިގެ %7 އަށްވާ އަދަދު ދައްކަންވާނެއެވެ.

8. ވަޒީފާދޭ ފަރާތުން ޖުމްލަ %14 ޕެންޝަންގެ ގޮތުގައި ދެއްކޭނެތަ؟

ވަޒީފާދޭ ފަރާތުން ދައްކަން ޖެހޭ %7 އަށް ވުރެ އިތުރަށް ދެއްކުމުގެ އިޚުތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރާ ފަރާތުގެ އަސާސީ މުސާރައިން ޕެންޝަނަށް އުނިކުރުމުގެ ބަދަލުގައި ވަޒީފާދޭފަރާތުން ޖުމްލަ %14 ވެސް ދެއްކިދާނެއެވެ.

9. ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން ޕެންޝަން ކޮންޓްރިބިއުޝަން ގެ ގޮތުގައި އުނިކުރެވޭނެ އެންމެ ބޮޑު އަދަދަކީ ކޮބާ؟

ވަޒީފާ އަދާކުރާ ފަރާތުގެ ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި މުސާރައިން އުނިކުރެވޭނެ އެންމެ ބޮޑު އަދަދަކީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7 އެވެ.

10. ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާނީ ކޮން އެކައުންޓަކަށް؟

ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާނީ ޕެންޝަން އޮފީހުން އެކަމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ކޮންޓްރިބިއުޝަން ކަލެކްޝަން އެކައުންޓް (ސީ.ސީ.އޭ) އަށެވެ.

11. ޗެކު ބޭނުންކޮށްގެން ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާއިރު، ޗެކުގައި "ޕޭއީ ނޭމް" ގެ ގޮތުގައި ޖަހާނީ ކޮން އެކައުންޓު ނަމެއް؟

ޗެކު ބޭނުންކޮށްގެން ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާއިރު، ޗެކުގައި "ޕޭއީ ނޭމް" ގެ ގޮތުގައި ޖަހާނީ ސީސީއޭ ( CCA ) 

12. ޕެންޝަން ކޮންޓްރިބިއުޝަން ދެއްކޭނެ ގޮތްތަކަކީ ކޮބާ؟

ޕެންޝަން ކޮންޓްރިބިއުޝަން ދެއްކޭނެ ގޮތްތަކަކީ:

  • ބޭންކު ޗެކަކުން، 
  • ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗަކަށް ޒިޔާރަތްކޮށް ފައިސާ ދައްކައިގެން، 
  • ކޮންޓްރިބިއުޝަން ކަލެެކްޝަން އެކައުންޓު (CCA) އަށް އޮންލައިންކޮށް ޓަރާންސްފަރ ކޮށްގެން

13. އޮން ލައިންކޮށް ޓްރާންސްފަރ ކޮށްގެން ޕެންޝަން ކޮންޓްރިބިއުޝަން ދައްކާއިރު ވަކި ޚާއްސަކަމެއް ކުރަން ޖެހޭތޯ؟

އޮންލައިންކޮށް ޓްރާންސްފަރ ކޮށްގެން ޕެންޝަން ކޮންޓްރިބިއުޝަން ދައްކާއިރު، އެމްޕްލޯޔަރ އައިޑީ އާއި، ރިސިޕްޓް ނޯޓިސްގައި ދީފައިވާ ޓްރެކިންގް ނަންބަރު އަދި ޕެންޝަން ކޮންޓްރިބިއުޝަންގެ ޢަދަދު ހިމެނޭގޮތަށް ޑިޕޮސިޓް ސްލިޕްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް އީމެއިލް [email protected] އަށް ނުވަތަ [email protected] އަށް ނުވަތަ ވައިބާރ ނަންބަރު 7731441  އަށް ފޮނުވަންވާނެއެވެ.

14. ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށް އޭ.ޓީ.އެމް ބޭނުން ކުރެވިދާނެތޯ؟

ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށް އޭ.ޓީ.އެމް ބޭނުން ކުރުމުން ވަޒީފާދޭ ފަރާތް ފާހަގަކުރުމަށް ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން، އޭ.ޓީ.އެމް ބޭނުން ކުރުމަށް ޕެންޝަން އޮފީހުން ތަރުހީބެއް ނުދެއެވެ. އެހެންނަމަވެސް އޭ.ޓީ.އެމް ބޭނުންކުރަންޖެހޭ ހާލަތެއްގައި  އެމްޕްލޯޔަރ އައިޑީ އާއި، ރިސިޕްޓް ނޯޓިސްގައި ދީފައިވާ ޓްރެކިންގް ނަންބަރު "ރިމާކްސް" ގައި ލިޔުއްވާފައި ފައިސާ ޖަމާކުރުމަށްފަހު ޑިޕޮސިޓް ސްލިޕްގައި އެމްޕްލޯޔަރ އައިޑީ އާއި، ޓްރެކިންގް ނަންބަރު ލިޔުއްވާފައި އެ ޑިޕޮސިޓް ސްލިޕްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް އީ މެއިލް [email protected] އަށް ނުވަތަ [email protected] އަށް ނުވަތަ 7731441  އަށް ވައިބާއިން ފޮނުވަންވާނެއެވެ.

15. ރިސިޕްޓު ނޯޓިސްގައިވާ އަދަދަށް ހަމައަށް ފައިސާދެއްކުމަށް ވަޒީފާދޭ ފަރާތުން ސަމާލުވާންޖެހޭނެތަ؟

ފައިސާ ދައްކަވާއިރު، ފައިސާގެ ރަސީދު ނުވަތަ ރިސިޕްޓު ނޯޓިސްގައިވާ އަދަދު ހަމައަށް ދެއްކެވުމަށް ވަޒީފާ ދޭފަރާތުން ހާއްސަ ސަމާލު ކަމެއް ދެއްވާ އެކަން ކަށަވަރު ކުރައްވަންވާނެވެ.

16. ވަޒީފާދޭ ފަރާތުން އޮޅިގެން ވަޒީފާ އަދާކުރާ މީހެއްގެ ޕެންޝަން ކޮންޓްރިބިއުޝަން މަދުން ނުވަތަ ގިނައިން ދެއްކިއްޖެނަމަ، ވަޒީފާދޭ ފަރާތުން ކަންތައް ކުރާނީ ކިހިނެތް؟

މުވައްޒަފެއްގެ ޕެންޝަން ކޮންޓްރިބިއުޝަން މަދުން ނުވަތަ ގިނައިން ދެއްކިއްޖެ ނަމަ، ކޮށާރު ބޭނުންކުރާ ވަޒީފާދޭ ފަރާތުން ޖެހޭނީ ޕެންޝަން ކޮންޓްރިބިއުޝަންގެ ރަނގަޅު ޢަދަދު ހިމަނައިގެން "އެޖަސްޓުމަންޓު އެސް.ޕީ.ސީ" ހުށަހަޅާށެއެވެ. މެންބާރްސް ޕޯޓަލުން ރަޖިސްޓަރީ ވެފައިވާ ވަޒީފާދޭ ފަރާތްތަކުން, ޕޯޓަލްގައިވާ "އެޖަސްޓުމަންޓު އަޕްލޯޑު" ބޭނުންކުރާށެވެ. 

17. ކޮށާރު މެދުވެރިކޮށް ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށް ހުށަހަޅާ އެސް.ޕީ.ސީ (101) ހުށަހަޅައިގެން ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ކޮންޓްރިބިއުޝަންގެ މައުލޫމާތު ހުށަހަޅާ، ޕެންޝަނަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ކޮބާ؟

ޕެންޝަނަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހެވެ. 

18. އެސް.ޕީ.ސި ހުށަހެޅުމާއި ބެހޭ ވީޑިއޯ ނުވަތަ އެފަދަ ތަމްރީން ދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުންނާނީ ކޮންތާކު؟

އެސް.ޕީ.ސި ހުށަހެޅުމާއި ބެހޭ ވީޑިއޯ ފަދަ ތަމްރީންދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުންނާނީ ޕެންޝަން އޮފީހުގެ ވެބްސައިޓުގައިވާ ވީޑިއޯ ގެލެރީ އަދި ޕެންޝަން އޮފީހުގެ ޔޫޓިއުބް ޕޭޖް އިންނެވެ.

19. ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްނަމަ، ޕެންޝަން ކޮންޓްރިބިއުޝަން ދައްކަންޖެހޭ ސުންގަޑިއަކަށްވާނީ ކޮންދުވަހެއް؟

ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ ދުވަހަކީ ރަސްމި ބަންދު ދުވަހެއްނަމަ، ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމުގެ ސުންގަޑިއަކަށްވާނީ ޖެހިގެން އަންނަ ސަރުކާރުގެ ރަސްމީ މަސައްކަތް ކުރާ ދުވަހެވެ. އެ ތާރީޚު ޕެންޝަން އޮފީހުގެ ޕޯޓަލްގައި ޝާޢިއު ކުރާނެއެވެ.

20. ވަޒީފާއާއި ބެހޭ އެއްބަސްވުމެއް އެކުލަވާލައި، އެ އެއްބަސްވުމުގައި ޕެންޝަނަށް ފައިސާ އުނިކުރާނެ ކަމަށާއި، އުނިކުރާނެ މިންވަރު ހިމެނޭ މާއްދާއެއް ލިޔެފައިވާކަން ކަށަވަރުކުރަންޖެހޭނީ ކޮން ފަރާތަކުން؟

ވަޒީފާއާއި ބެހޭ އެއްބަސްވުމެއް އެކުލަވާލައި، އެ އެއްބަސްވުމުގައި ޕެންޝަނަށް ފައިސާ އުނިކުރާނެ ކަމަށާއި، އުނިކުރާނެ މިންވަރު ހިމެނޭ މާއްދާއެއް ލިޔެފައިވާކަން ކަށަވަރުކުރަންޖެހޭނީ ވަޒީފާދޭ ފަރާތުންނެވެ.

21. ޕްރޮބޭޝަން މުއްދަތުގައި މުވައްޒަފު ޕެންޝަން ސްކީމުގައި ބައިވެރިކުރަންޖެހޭނެތަ؟

ޕްރޮބޭޝަން މުއްދަތު ހިމެނޭގޮތަށް ވަޒީފާދިން ދުވަހުން ފެށިގެން މުވައްޒަފު ޕެންޝަން ސްކީމުގައި ބައިވެރިކުރަން ޖޭހޭނެއެވެ. 

22. ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތައް ވެސް އެމް.އާރް.އެސް.ޕީ.ސީ ގައި ބައިވެރިކުރަންޖެހޭތޯ؟

ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތައް ވެސް އެމް.އާރް.އެސް.ޕީ.ސީ ގައި ބައިވެރި ކުރުމަކީ ލާޒިމް ކަމެކެވެ.

23. ޕެންޝަނާއިބެހޭ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭނީ ކޮން ފަރާތަކުން؟ ވަޒީފާދޭ ފަރާތުންތޯ ނުވަތަ ވަޒީފާ އަދާކުރާ ފަރާތުންތޯ؟

ޕެންޝަނާއިބެހޭ ސައްހަ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭނީ ވަޒީފާދޭ ފަރާތުންނެވެ.  

24. ވަޒީފާއިން ވަކިވާ މީހުންނާއިމެދު އަމަލު ކުރާނީ ކިހިނެތް؟

ވަޒީފާއިން ވަކިވާ މީހުން އެސްޕީ.ސީ 300 ބޭނުންކޮށްގެން ކޮށާރު ޕޯޓަލްއިން ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް މުވައްޒަފުންގެ ލިސްޓުން އުނިކުރަންޖެހޭނެއެވެ. 

25. ޕެންޝަން ކޮންޓްރިބިއުޝަން ޕެންޝަން އެކައުންޓުން ފެންނަން ކިހާ މުއްދަތެއް ނަގާނެ؟

ޕެންޝަން ކޮންޓްރިބިއުޝަން ޕެންޝަން އެކައުންޓުން ފެންނުމަށް، ޕެންޝަން ފައިސާ ޖަމާކުރާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަސް ނަގާފާނެއެވެ. 

26. ޕެންޝަން ކޮންޓްރިބިއުޝަން ޖަމާވުމުން ވަޒީފާދޭ ފަރާތަށް އެކަން އަންގާނެތޯ؟

ޕެންޝަން ކޮންޓްރިބިއުޝަން ޖަމާވުމުން، ވަޒީފާދޭ ފަރާތަށް އެސް.އެމް.އެސް އެއް ލިބިވަޑައިގަންނަވާނެއެވެ. 

27. އެސް.ޕީ.ސީ ގައި ހިމަނާ "ގުޅޭނެ ފަރާތުގެ މަޢުލޫމާތު" އަދާހަމަކުރުމުގެ މުހިއްމުކަމަކީ ކޮބާ؟

އެސް.ޕީ.ސީ ގައި ހިމަނާ "ގުޅޭނެ ފަރާތުގެ މަޢުލޫމާތު" އަދާހަމަކޮށްފައިވާކަން ވަޒީފާދޭފަރާތުން ޔަގީންކުރަންވާނެއެވެ. ސަބަބަކީ ޕެންޝަން ކޮންޓްރިބިއުޝަން ޖަމާވުމުން، އޮޓޮމެޓިކުން ޖެނެރޭޓުވާ އެސް.އެމް.އެސް ދާނީ އެސް.ޕީ.ސީގައި އޮންނަ މޯބައިލް ނަންބަރަށް ކަމަށްވާތީއެވެ.  

28. އެންމެފަހުން ޕެންޝަނަށް ޖަމާކުރަން ފޮނުވި ފައިސާ "ސީ.ސީ.އޭ " އެކައުންޓަށް ޖަމާވުމުގެ ކުރިން އާ ކޮންޓްރިބިއުޝަން އެސް.ޕީ.ސީ (101) އެއް ހުށަހެޅިދާނެތޯ ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ކޮންޓްރިބިއުޝަންގެ މައުލޫމާތު ހުށަހެޅިދާނެތޯ؟

ކޮންޓްރިބިއުޝަން އެސް.ޕީ.ސީ (101) ހުށަހެޅުމުގައި ކުރިމަތިވެދާނެ މައްސަލަތަކުން ދުރުވުމަށް، އެންމެފަހުން ޕެންޝަނަށް ޖަމާކުރަންފޮނުވި ފައިސާ ސީ.ސީ.އޭ އެކައުންޓަށް ޖަމާވުމުގެ ކުރިން, އާ ކޮންޓްރިބިއުޝަން އެސް.ޕީ.ސީ (101) ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ކޮންޓްރިބިއުޝަންގެ މައުލޫމާތު ހުށަނޭޅުއްވުން އެދެމެވެ. ޕެންޝަން ކޮންޓްރިބިއުޝަން ޖަމާވުމުން، އޮޓޮމެޓިކުން ޖެނެޜޭޓުވާ އެސް.އެމް.އެސްއެއް ވަޒީފާދޭ ފަރާތަށް ލިބިވަޑައިގެންނެވުމުން, އާ 101 އެސް.ޕީ.ސީއެއް ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ކޮންޓްރިބިއުޝަންގެ މައުލޫމާތު ހުށަހަޅުއްވާށެވެ.

29. ވަޒީފާގައި އުޅޭ 65 އަހަރުވެފައިވާ ފަރާތްތަކަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން ޖެހޭނެތޯ؟

65 އަހަރުވެފައިވާ ފަރާތެއް ވަޒީފާގައި އުޅުނު ކަމުގައިވިޔަސް، އެ މުވައްޒަފަކަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކާކަށް ނުޖެހޭނެއެވެ. 

30. މުވައްޒަފަށް މުސާރަ ދިނުމުގެ ކުރިން ޕެންޝަނަށް ކޮންޓްރިބިއުޓު ކުރަން މުސާރައިން އުނިކުރަން ޖެހޭނެތޯ؟

މުވައްޒަފަށް މުސާރަ ދިނުމުގެ ކުރިން ޕެންޝަނަށް ކޮންޓްރިބިއުޓު ކުރަން މުސާރައިން އުނިކުރަން ޖެހޭނެއެވެ. 

31. ޕެންޝަނަށް ކޮންޓްރިބިއުޓު ކުރުމުގެ ކުރިން މުވައްޒަފުގެ މުސާރައިން އުނިކުރެވޭނެ ހާލަތްތަކަކީ ކޮބައިތޯ؟

ޕެންޝަނަށް ކޮންޓްރިބިއުޓު ކުރުމުގެ ކުރިން މުވައްޒަފުގެ މުސާރައިން އުނިކުރެވޭނެ ހާލަތްތަކަކީ، ގަޑިޖެހިގެން ވަޒީފާއަށް ދިއުމާއި، ވަޒީފާއަށް ނުދާ ދުވަސްތަކަށް އުނިކުރާ އުނިކުރުމެވެ. 

32. ޕެންޝަން ސްކީމަށް ފައިސާ ދެއްކުމަކީ ކޮންފަރާތެއްގެ ޒިންމާއެއް؟

އުމުރުން 16 އަހަރާއި 65 އަހަރު ދެމެދުގެ މުވައްޒަފުން ޕެންޝަން ސްކީމުގައި ރަޖިސްޓަރީކޮށް މުވައްޒަފުންގެ ފަރާތުން ޕެންޝަނަށް ކޮންޓްރިބިއުޓް ކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

33. ޕެންޝަން އެކައުންޓްގެ ތަފްސީލް ބަލާނީ ކިހިނެއް؟

ފެންޝަން ސްކީމްގައި ރަޖިސްޓަރީ ވެފައިވާ ކޮންމެ މެމްބަރެއްގެވެސް ރިޓަޔަރމަންޓް ސޭވިންގ އެކައުންޓެއް ހުޅުވިފައި ވާނެއެވެ. އެކައުންޓްގެ ތަފްސީލް ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.

34. ޕެންޝަނަށް ދައްކަން ލާޒިމްވާ އަދަދަށްވުރެ އިތުރަށް ވަޒީފާއަދާކުރާ ފަރާތުން ޕެންޝަނަށް ޖަމާކުރެވޭނެތަ؟

ވަޒީފާ އަދާކުރާ ފަރާތުން އިތުރަށް ޕެންޝަނަށް ޖަމާކުރަން ބޭނުންވާ ކަމުގައި ވާނަމަ ވޮލަންޓަރީކޮށް ޕެންޝަން ކޮންޓްރިބިއުޓު ކުރެވޭނެއެވެ. އެގޮތަށް ވޮލަންޓަރީކޮށް ޖަމާކުރާ އަދަދުވެސް ޖަމާވާނީ އެބޭފުޅެއްގެ ޕެންޝަން އެކައުންޓަށެވެ.

35. މުސާރަ ޝީޓް، އެސް.ޕީ.ސީ ޝީޓް ނުވަތަ ޕެންޝަން އޮފީހަށް ފޮނުވިފައިވާ ރިޕޯޓުތައް އަދި ވަޒީފާގެ އެއްބަސްވުން ފަދަ ޕެންޝަން ކޮންޓްރިބިއުޝަނާއިބެހޭ ލިޔުންތައް ބަލަހައްޓަން ޖެހެނީ ކިހާ މުއްދަތަކަށް؟

މުސާރަ ޝީޓް، އެސް.ޕީ.ސީ ޝީޓް ނުވަތަ ޕެންޝަން އޮފީހަށް ފޮނުވިފައިވާ ރިޕޯޓުތައް އަދި ވަޒީފާގެ އެއްބަސްވުން ފަދަ ޕެންޝަން ކޮންޓްރިބިއުޝަނާއިބެހޭ ލިޔުންތައް މަދުވެގެން 6 އަހަރު ވަންދެން ބަލަހައްޓަން ޖެހޭނެއެވެ.

36. ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ވަޒީފާދޭފަރާތްތަކުގެ ނަން ހާމަކުރާ ހާލަތަކީ ކޮބާ؟

އެމް.އާރު.ޕީ.އެސް ގެ ގަވައިދާ ޚިލާފުވެ ޕެންޝަނަށް ފައިސާ ދައްކަމުން ނުގެންދާ ވަޒީފާ ދޭފަރާތް ތަކަށް ނޯޓިސްގެ ޒަރީޢާއިން ޕެންޝަނަށް ފައިސާ ދައްކަން އަންގައި، ދެވިފައިވާ މުއްދަތުގައި އަންގާފައިވާ ކަންކަން ރަނގަޅު ނުކުރާނަމަ، ހެދިފައިވާ ގަވައިދުތަކާއި ޚިލާފުވެފައިވާ ކަމަށް ނިންމައި، ޕެންޝަން އޮފީހުގެ ވެބްސައިޓް ގައި އެފަރާތްތަކުގެ މައުލޫމާތުތައް އާންމުކޮށް ފެންނާނެ ފަދައިން ޝާއިޢު ކުރެވޭނެއެވެ. 

37. ޕެންޝަން ކޮންޓްރިބިއުޝަނާއި ގުޅިގެން ވަޒީފާދޭފަރާތަކާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅޭނީ ކޮންއިރަކު؟

ޕެންޝަން ކޮންޓްރިބިއުޝަނާއި ގުޅިގެން ވަޒީފާދޭފަރާތަކާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅޭނީ ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ އުސޫލުތަކާއި އެއްގޮތަށް ނުދެއްކުމުގެ ސަބަބުން ދެވޭ ނޯޓިސްގައި އޮންނަ މުއްދަތުގައި ޕެންޝަން ކޮންޓްރިބުއުޝަން ދައްކާފައިނުވާނަމައެވެ. 

38. ޕެންޝަނަށް މުސާރައިން އުނިކުރާ މިންވަރު މުސާރަ ޝީޓުގައްޔާއި މުސާރަދިންކަމުގެ ސްލިޕުގައި ވަޒީފާދޭފަރާތުން ހިމަނަން ޖެހޭނެތޯ؟

ޕެންޝަން ސްކީމަށް ފައިސާ ދެއްކުމަށްޓަކައި ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން އުނިކުރެވިފައިވާ އަދަދު މުސާރަ ޝީޓްގައި ހިމަނާ އަދި ވަޒީފާ އަދާކުރާ ފަރާތަށް ދެވޭ މުސާރަ ސްލިޕް ގައި ފާހަގަވާނެ ފަދައިން ހިމަނަންވާނެއެވެ.

39. މުސާރަ ޝީޓްގައި ހިމަނާފައިވާ، ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި އުނި ކުރެވިފައިވާ އަދަދާއި ޕެންޝަން އޮފީސް އަށް ހުށަހަޅާ ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން (އެސް.ޕީ.ސީ) ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ކޮންޓްރިބިއުޝަންގެ މައުލޫމާތުގައި ހިމަނާފައިވާ އަދަދާއި ދިމާވާން ޖެހޭނެތޯ؟

މުސާރަ ޝީޓްގައި ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން ޕެންޝަން ކޮންޓްރިބިއުޝަން އަށް ދެއްކުމަށްޓަކައި އުނި ކުރެވިފައިވާ އަދަދާއި ޕެންޝަން އޮފީސް އަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން (އެސް.ޕީ.ސީ) ގައި ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ކޮންޓްރިބިއުޝަންގެ މައުލޫމާތުގައި ހިމަނާފައިވާ އަދަދަކީ އެއް އަދަދެއް ކަމުގައި ވާންވާނެއެވެ.

40. ވަޒީފާދޭ ފަރާތުން ހުށަހަޅާފައިވާ ގިނަ އެޖެސްޓްމެންޓް ތަކަކަށް އެއް ޕޭމަންޓެއްގެ ގޮތުގައި ފައިސާ ދެއްކިދާނެތޯ؟

ވަޒީފާދޭ ފަރާތުން ހުށަހަޅާފައިވާ ކޮންމެ އެޖަސްޓްމަންޓަކަށް ފައިސާ ދައްކަންވާނީ ވަކިވަކި ޕޭމަންޓްތަކެއްގެ ގޮތުގައެވެ. 

41. ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން ނުވަތަ ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ކޮންޓްރިބިއުޝަންގެ މައުލޫމާތު ހުށަހެޅުމަށްޓަކައި އެހީތެރިކަމެއް ބޭނުންވޭތޯ؟

ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ކޮންޓްރިބިއުޝަންގެ މައުލޫމާތު ހުށަހެޅުމަށްޓަކައި އެހީތެރި ކަމެއް ބޭނުންވާނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް އޮފީސް ގަޑީގައި 1441 އަށް ގުޅުއްވާލައްވާށެވެ. ނުވަތަ އަޅުގަނޑު މެންގެ ވެބްސައިޓް ގައިވާ އެސް.ޕީ.ސީ ހުށަހަޅަން ޖެހޭގޮތް ކިޔައިދޭ ވީޑިއޯ ތައް ބައްލަވާށެވެ. ނުވަތަ ލައިވް ޗެޓު މެދުވެރިކޮށް އެހީތެރިކަން ހޯއްދަވާށެވެ. ނޫނަނަމަ ވެބްސައިޓުގައިވާ " ޔޫސަރ ގައިޑު" ބައްލަވާށެވެ. 

42. ވަޒީފާދޭ ފަރާތްތަކުން ޕެންޝަނާއިބެހޭ ގާނޫނާއި ގަވާޢިދުތަކާއި އެއްގޮތަށް އަމަލުކުރޭތޯ ޕެންޝަން އޮފީހުން ބަލާނީ ކިހިނެތް؟

ވަޒީފާދޭ ފަރާތްތައް، ޕެންޝަނާއިބެހޭ ގާނޫނާއި  އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށްޓަކައި ޕެންޝަން އޮފީހުން ވަޒީފާ ދޭ ފަރާތްތައް އިންސްޕެކްޓު ކުރާނެއެވެ. އެހެންކަމުން ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ލިޔެކިޔުމުގެ ހުރިހާ މުއާމަލާތެއް ރައްކާތެރިކަމާއި އެކު ބެހެއްޓުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ.

43. ހެދިފައިވާ ގަވާއިދުތަކާ އެއްގޮތައް އަމަލު ކުރޭ ތޯބެލުމަށް އިންސްޕެކްޓު ކުރުމަށް ފަހު އަޅާ ފިޔަވަޅުތަކަކީ ކޮބާ؟

ހެދިފައިވާ ގަވާއިދުތަކާ އެއްގޮތައް އަމަލު ކުރޭ ތޯ ބެލުމަށް އިންސްޕެކްޓު ކުރުމަށް ފަހު، އެއް ކުރެވުނު މައުލޫމާތު ވަޒީފާ ދޭ ފަރާތާ ހިއްސާ ކުރެވެނޭއެވެ. އަދި އިސްލާހް ގެންނަން ޖެހޭ ކަންކަން ހުރި ކަމުގައިވާނަމަ، އެ އިސްލާހެއް ގެނައުމަށް އެކަމަށް ކަނޑަ އެޅިގެންވާ ވަކި މުއްދަތެއް ދެވޭނެއެވެ.

44. ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނާއި އަމިއްލަ މަސައްކަތް ކުރައްވާ ފަރުދުން މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމް ގައި ބައިވެރިވުން ލާޒިމްވާނެތަ؟

ވަޒީފާ އަދާ ކުރާ ބިދޭސީންނާއި އަމިއްލަ މަސަކަތް ކުރައްވާ ފަރުދުން މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމަކީ އެފަރާތްތަކުގެ މައްޗަށް ލާޒިމް ކަމެއްނޫނެވެ. އެހެންނަމަވެސް އަމިއްލަ އިހުތިޔާރުގައި އެމް.އާރް.ޕީ.އެސް ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންވެއެވެ. އަމިއްލައަށް ބޭނުންވެގެން ބިދޭސީ މުވައްޒަފަކު ޕެންޝަން ސްކީމުގައި ބައިވެރިވާން ހުށަހެޅޭނީ އެ މުވައްޒަފަކަށް ވަޒީދާދީފައިވާ ފަރާތް މެދުވެރިކޮށެވެ. 

45. ވަޒީފާދޭ ފަރާތުން ޕެންޝަން އޮފީހަށް ދެއްވާފައިވާ މައުލޫމާތު ބަދަލު ވެފައިވާނަމަ އަމަލު ކުރަންޖެހޭނީ ކިހިނެތް؟

ވިޔަފާރީގެ ނަން، އެޑްރެސް، އޮފީހުގެ ފަރާތުން މުއާމަލާތް ކުރުމަށް ކަނޑައަޅާފައިވާ މުވައްޒަފު ނުވަތަ އެޑްމިނިސްޓްރޭޓަރގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ ވަޒީފާ ދޭފަރާތުން "މައުލުމާތު ބަދަލު ކުރަން އެދޭ ފޯމް" ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. އެމްޕްލޯޔަރ ޕޯޓަލުން ރަޖިސްޓްރީވެފައި ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު ބަދަލުކުރަން ބޭނުންނަމަ، ޕޯޓަލްއަށް ލޮގިންކޮށް، ޕޯޓަލްގެ ޕްރޮފައިލުން މައުލޫމާތު ބަދަލު ކުރެވޭނެއެވެ. 

46. މުވައްޒަފަކު އެއް ތަނަށްވުރެ ގިނަ ތަނެއްގައި މަސަކަތް ކުރާނަމަ، އެ މުވައްޒަފަކު މަސަކަތް ކުރާ ކޮންމެ ތަނެއްގެ ފަރާތުންވެސް އެ މުވައްޒަފަށް ޕެންޝަން ކޮންޓްރިބިޔުޝަން ދެއްކުމަކީ ލާޒިމް ކަމެއްތަ؟

ވަޒީފާ އަދާ ކުރާފަރާތަކީ އެއް ތަނަށްވުރެ ގިނަ ތަނެއްގައި މަސަކަތް ކުރާ ފަރާތެއް ނަމަ، އެ މުވައްޒަފު މަސަކަތް ކުރާ ކޮންމެ ތަނެއްގެ ފަރާތުންވެސް ޕެންޝަން ކޮންޓްރިބިޔުޝަން ދައްކަން ވާނެއެވެ. 

47. ވަޒީފާ ދޭފަރާތަށް ހެދިފައިވާ ކުށެއްގެ ސަބަބުން ޕެންޝަނަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކިފައިވާ ނަމަ، އިތުރަށް ދެއްކުނު ފައިސާ އަނބުރާ ހޯދުމަށް ވަޒީފާ ދޭފަރާތުން ކުރަންޖެހޭނެ ކަމަކީ ކޮބާ؟

ވަޒީފާ ދޭފަރާތަށް ހެދިފައިވާ ކުށެއްގެ ސަބަބުން ދައްކަންޖެހޭ މިންވަރަށް ވުރެއް އިތުރަށް ފައިސާ ދެއްކިފައިވާ ނަމަ، ވަޒީފާ ދޭފަރާތުން އެކަން ރަނގަޅު ކޮށް، އިތުރަށް ދެވިފައިވާ ފައިސާ ހޯދުމަށް އެދި، ކުށް ހެދިފައިވާ މަހުން ފެށިގެން 1 އަހަރުގެ މުއްދަތެއްގެ ތެރޭގައި ޕެންޝަން އޮފީހަށް ހުށަހެޅުމުން، އިތުރަށް ޖަމާކުރެވުނު ފައިސާ އަނބުރާ ވަޒީފާދޭ ފަރާތަށް ރައްދުކޮށްދާނެއެވެ. 

48. ސްކީމަށް ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް ނުވަތަ މަދުން ފައިސާ ދެއްކިފައިވަނީ އެކަން ރަނގަޅު ކުރުމަކީ ކޮން ފަރާތެއްގެ ޒިންމާއެއް؟

މުވައްޒަފެއްގެ މުސާރައިން ސްކީމަށް ކަނޑަންޖެހޭ މިންވަރަށްވުރެ އިތުރަށް ކެނޑިފައިވާނަމަ، އެފައިސާ އަނބުރާ އެމުވައްޒަފަކަށް ހޯދައިދިނުމަކީ، ނުވަތަ މުސާރައިން ސްކީމަށް ކަނޑަންޖެހޭ މިންވަރަށް ވުރެ މަދުން ފައިސާ ދެއްކިފައިވާނަމަ، އެ ފައިސާ މުވައްޒަފުގެ އަތުން ހޯދުމަކީ، ވަޒީފާ ދޭފަރާތުގެ ޒިންމާއެކެވެ.

49. ޕެންޝަން ކޮންޓްރިބިޔުޝަނާއި ގުޅިގެން ވަޒީފާ އަދާ ކުރާފަރާތަށް އެއްވެސް މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، ވަޒީފާއަދާކުރާ ފަރާތުން އަމަލު ކުރަންޖެހެނީ ކިހިނެތް؟

ޕެންޝަން ކޮންޓްރިބިޔުޝަން އާއި ގުޅިގެން ވަޒީފާ އަދާ ކުރާފަރާތަށް އެއްވެސް މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، އެ މައްސަލައެއް ހައްލުކުރުމަށް ފުރަތަމަ ވަޒީފާ ދޭ ފަރާތާއި މަޝްވަރާކުރާށެވެ. މަޝްވަރާކޮށް ހައްލު ނުކުރެވިއްޖެ ނަަމަ އެކަމެއް ބަލައި، ހައްލުކޮށް ދިނުމަށް އެދި އެ މައްސަލައެއް ދިމާވި ތާރީހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ޕެންޝަން އެފީހަށް ހުށަހެޅިދާނެއެވެ.

50. ޕެންޝަނަށް ކޮންޓްރިބިއުޓު ކުރަން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އަށް ވަޒީފާ ދޭފަރާތުން ފައިސާ ނުދައްކައިފިނަމަ އަޅާނެ ފިޔަވަޅު ތަކަކީ ކޮބާ؟

ޕެންޝަނާަށް ކޮންޓްރިބިއުޓު ކުރަން ކަނޑައަޅާފައިވާ މުއްދަތުގެތެރޭގައި މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އަށް ވަޒީފާ ދޭފަރާތުން ފައިސާ ނުދައްކައިފިނަމަ ނޯޓިސްގެ ޒަރީއާއިން އެކަން އެންގޭނެއެވެ. މިނޯޓިސް ލިބުމާއި އެކު ދެވިފައިވާ މުއްދަތުގެ ތެރޭގައި ނޯޓިސް ގައި ދެންނެވިފައިވާ ގޮތަށް އަމަލް ކުރަންވާނެއެވެ.

51. މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ގަވައިދަށް ތަބާވާންޖެހެނީ ކޮން ބައެއް؟

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވައިދަކީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ އެންމެހާއި ބައިވެރިންނަށް (ވަޒީފާ ދޭފާރާތް، ވަޒީފާ އަދާކުރާ ފަރާތް އަދި އަމިއްލަ މަސަކަތް ކުރައްވާ ފާރާތް) ހެދިފައިވާ ގަވައިދުތަކެކެވެ. އެހެންކަމުން އެންމެހައި ބައިވެރިން ވެސް ހެދިފައި މިވާ ގަވައިދުތަކަށް ބޯލަބައި ހުރުމަތްތެރިކޮށް ހިތުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

52. ޕެންޝަން އޮފީހުގައި ވަޒީފާ ދޭފަރާތުން ރަޖިސްޓްރީކޮށްފައި ނުވާނަމަ ކުރެވޭ ޖޫރިމަނާ އަކީ ކޮބާ؟

ވަޒީފާ ދޭފަރާތުން ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ، -/500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

53. ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ މުއްދަތަށްވުރެ ލަހުން ޕެންޝަން ކޮންޓްރިބިއުޝަން ދައްކައިފިނަމަ ޖުރިމާނާކުރާނެތަ؟

ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ މުއްދަތަށްވުރެ ލަހުން ޕެންޝަން ކޮންޓްރިބިއުޝަން ދައްކައިފިނަމަ، ޕެންޝަން ކޮންޓްރިބިއުޝަންގެ ޖުމްލަ އަދަދުގެ %0.5 ޖުރިމާނާގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.

54. ހުށަހަޅަން އޮންނަ މުއްދަތަށްވުރެ ލަހުން އެސް.ޕީ.ސީ (101) ހުށަހަޅައިފިނަމަ ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ކޮންޓްރިބިއުޝަންގެ މައުލޫމާތު ހުށަހަޅައިފިނަމަ, ދައްކަންޖެހޭ ޖުރިމާނާއެއް އޮވޭތަ؟

ހުށަހަޅަން އޮންނަ މުއްދަތަށްވުރެ ލަހުން އެސް.ޕީ.ސީ (101) ހުށަހަޅައިފިނަމަ ނުވަތަ މެންބަރ ޕޯޓަލް މެދުވެރިކޮށް ކޮންޓްރިބިއުޝަންގެ މައުލޫމާތު ހުށަހަޅައިފިނަމަ، ޖުރިމާނާއެއްގެ ގޮތުގައި 100 ރުފިޔާ ދައްކަން ޖެހޭނެއެވެ. 

55. ޕެންޝަނަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައިފި ނަމަ ކުރެވޭ ޖޫރިމަނާ އަކީ ކޮބާ؟

ޕެންޝަނަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިނުވާނަމަ ކޮންމެ މަހެއްގެ ޖުމުލަ ކޮންޓްރިބިއުޝަންގެ އަދަދުގެ %0.5 އިން ޖޫރިމަނާ ކުރެވޭނެއެވެ.

56. ވަޒީފާދޭފަރާތުން ބަލަހައްޓަން ޖެހޭ ރެކޯޑްތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމުގައި ވާނަމަ ކުރެވޭ ޖޫރިމަނާ އަކީ ކޮބާ؟

ވަޒީފާދޭފަރާތުން ޕެންޝަން ސްކީމްގެ ގަވައިދާ ހިލާފް ވެފައިވާ މިންވަރަށާއި އަދި ރިކޯޑް ތައް ބަލަހައްޓައިފައި ނުވާތީ ނުކުތް ނަތީޖާ އަކަށް ބަލައި -/500 ރުފިޔާ އާއި -/50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ވަޒީފާ ދޭފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

57. ޕެންޝަން ގެ ބޭނުމަށް ''މަހު މުސާރަ'' މާނަ ކުރެވެނީ ކިހިނެއް؟

"މަހު މުސާރަ" ކަމަށް ބުނެފައި ވަނީ، ކޮންމެ މަހަކު އެއްފަހަރު ދެވޭ މުސާރަޔަށް ނުވަތަ މުވަޒަފަކަށް މުސާރަދޭއިރު ކޮންމެ ދުވަހަކަށް މުސާރަދެވޭނަމަ އެ މުސާރަޔަށް، އަދި މިނޫންވެސް އެހެން އުސޫލަކުން ދެވޭ މުސާރަ މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށެވެ.

58. ޕެންޝަންގެ ބޭނުމަށް ''ވަޒީފާ އަދާ ކުރާފަރާތް" މާނަ ކުރެވެނީ ކިހިނެއް؟

“ވަޒީފާ އަދާ ކުރާފަރާތް" ކަމަށް މާނަ ކުރެވެނީ، ވަޒީފާ ދޭފަރާތުން އުޖޫރަދޭ އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީވާން ޖެހޭގޮތަށް މަސަކަތްކުރާ ނުވަތަ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަސަކަތްކުރާ ކޮންމެ ފަރުދަކަށެވެ.

59. ޕެންޝަންގެ ބޭނުމަށް ޕެންޝަނަށް ބަލާ މުސާރަ މާނަ ކުރެވެނީ ކިހިނެއް؟

ޕެންޝަނަށް ބަލާ މުސާރައަކީ އެމީހެއްގެ އަސާސީ މުސާރައެވެ. އަސާސީ މުސާރައަކީ ވަޒީފާގެ އެއްބަސްވުމުގައި އަސާސީ މުސާރަކަމަށް ބަޔާން ކޮށްފައިވާ ދިވެހި ރުފިޔާގެ އަދަދެވެ.

60. ކޮށާރު ޕޯޓަލް ބޭނުންކުރުމުގެ ހުއްދަ އޮންނަ މުވައްޒަފެއް ވަޒީފާއިން ވަކިވެއްޖެނަމަ، އެމުވަޒަފަކަށް ކޮށާރު ޕޯޓަލްއަށް ނުވަދެވޭގޮތް ހަދަން ޖެހޭނެތަ؟

ކޮށާރު ޕޯޓަލް ބޭނުންކުރުމުގެ ހުއްދަ އޮންނަ މުވައްޒަފެއް ވަޒީފާއިން ވަކިވެއްޖެނަމަ، އެ މުވައްޒަފަކަށް ކޮށާރު ޕޯޓަލް ބޭނުންނުކުރެވޭނެގޮތް ހެދުމަށް ވީ އެންމެ އަވަހަކަށް ޑީއެކްޓިވޭޓް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

1. އެކްރޫޑް ޕެންޝަން ރައިޓްސްއަކީ ކޮބާ؟

އެކްރޫޑް ޕެންޝަން ރައިޓްސްއަކީ ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤުވުމުގެ ކުރިން، ޕެންޝަން ނުވަތަ ރިޓަޔަރމަންޓް ބެނެފިޓެއް ދިނުމަށް ކަނޑައެޅިފައިވާ ވަކި އުޞޫލެއްގެ ދަށުން އުމުރުން 65 އަހަރުނުވާ މުވައްޒަފުންނަށް ދެވުނު އިނާޔަތްތަކެވެ.

2. އެކްރޫޑް ޕެންޝަން ރައިޓްސް ދިނީ ކޮން ބަޔަކަށް؟

އެކްރޫޑް ޕެންޝަން ރައިޓްސް ދީފައިވަނީ، 13 މެއި 2009 ގައި ދައުލަތުގެ ވަޒީފާގައި ތިބި މީހުންގެ ތެރެއިން އެތާރީޚާ ހަމަޔަށް އުމުރުން 65 އަހަރު ނުފުރޭ  މީހުންނަށެވެ.

3. އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ލިބޭ މިންވަރު ހިސާބު ކުރަނީ ކިހިނެއް؟

އެކްރޫޑް ޕެންޝަން ރައިޓްސް ހިސާބުކުރާނީ ތިރީގައި މިވާ ފޯމިއުލާ ބޭނުން ކޮށްގެންނެވެ.

އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ލިބޭ މިންވަރަކީ = 

13 މެއި 2009 ގައި ލިބުނު އަސާސީ މުސާރަ %93 × %14 × 30 އެޕްރިލް 2010 ގެ ނިޔަލަށް ޙިދުމަތް ކުރި މުއްދަތު 

13 މެއި 2009ގައި ލިބުނު އަސާސީ މުސާރައިގެ އެންމެ މަތީމިންވަރެއްކަމުގައި ބަލާނީ -/20500 ރުފިޔާއެވެ.

1. ގެދޮރު ގަތުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނީ ކިހިނެއް؟

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ތެރެއިން ގެދޮރު ގަތުމަށްޓަކައި ރާއްޖޭގެ މާލީ މުއައްސަސާއަކުން ލޯނު ނެންގެވުމަށް ހުށަހަޅުއްވައި, ލޯނު ހަމަޖެހިފައިވާ ފަރާތްތަކަށް އެލޯނުގެ ޑައުންޕޭމަންޓް ދެއްކުމުގެ ބަދަލުގައި، ޕެންޝަން ފައިސާ ރަހުނެއްގެ ގޮތުގައި ބަހައްޓިދާނެއެވެ. މިގޮތުން އިމާރާތް ގަތުމަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި މާލީ މުއައްސަސާއަކުން ދޫކުރަނީ ޕެންޝަން ފައިސާ ކޮލެޓެރަލެއްގެ ގޮތުގައި ބެހެއްޓުމަށްފަހު އެވެ.

2. ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވެނީ ކޮން ކަހަލަ އިމާރާތެއް ގަތުމަށް؟

ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭ އިމާރާތްކޮށް ނިންމި، އާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެ، އެޕާރޓްމަންޓް، ރޯހައުސް ފަދަ އާންމު ދިރިއުޅުމަށް ގަންނަ އިމާރާތްތައް ގަތުމަށެވެ. 

3. ގެދޮރު އިމާރާތް ކުރުމަށް ނަގާ ލޯނުގެ ޑައުންޕޭމަންޓް ދެއްކުމަށް މި ސްކީމުން ފުރުސަތު ލިބޭނެތޯ؟

މިވަގުތު ހަމަޖެހިފަ އޮތް އުސޫލުގެ ދަށުން މި ސްކީމުގެ ދަށުން ފުރުސަތު ހުޅުވާ ލެވިފައިވަނީ  އާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތް ގަތުމަށްޓަކައި ނެގޭ ލޯނުތަކަށް އެކަންޏެވެ.

4. މި ސްކީމުގެ ދަށުން ދިވެހި ރާއްޖޭގެ ކޮންމެ ސަހަރަހައްދަކުން ވެސް ގޮދޮރުގަތުމަށް ފުރުސަތު އޮންނާނެތޯ؟

މި ސްކީމުގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ސަރައްދަކުންވެސް އާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތްތައް ގަނެވޭނެއެވެ.

5. މި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ކޮން ބެންކު ތަކަކުންތޯ؟

ބެންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)،  މޯލްޑިވްސް އިސްލާމިކް ބެންކު (އެމް. އައި.ބީ)، ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން (އެޗް.ޑި.އެފް.ސީ)، ކޮމާޝާލް ބޭންކް އޮފް މޯލްޑިވްސް (ސީ.ބީ.އެމް)، އަދި މޮރިޝަސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (އެމް.ސީ.ބީ) އިން ގެދޮރުގަތުމަށް ލޯނު ހަމަޖެއްސުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެއެވެ. 

6. ގެދޮރު ގަތުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރުމަށް ހުށަހަޅާނީ ކިހިނެއް؟

ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނީ މިކަމަށްޓަކައި ޕެންޝަން އޮފީހާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށް އެކަމުގެ ހުއްދަ ލިބިފައިވާ ލޯނުދޭ މާލީ މުއައްސަސާއަކުން ލޯނު ނެގުމަށެވެ. ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރުމަށް ހުށަހަޅާނީ ލޯނު ހަމަޖެއްސުމަށް ބެންކަށް ހުށަހަޅާ ފޯމު މެދުވެރިކޮށެވެ. 

7. ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކޮށްގެން ނަގާ ލޯނެއް ނުދެއްކޭ ހާލަތުގައި އަމަލުކުރާނީ ކިހިނެތް؟

ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކޮށްގެން ނަގާ ލޯނަކަށް ފައިސާ ދައްކަމުންނުދާނަމަ ލޯނު ބޭނުންކޮށްގެން ގަނެފައިވާ އިމާރާތެއް ވިއްކާލެވޭނެއެވެ. ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާ ލޯނުދޭ މުއައްސަސާއަކަށް ނެގޭނީ މިދެންނެވި އުސޫލުން އިމާރާތް ވިއްކާލައިގެން ލޯނުގެ އަދަދު ހަމަނުކުރެވޭ ނަމަ، ލޯނުގެ އަދަދު ހަމަކުރުމަށް ބޭނުންވާ މިންވަރަށެވެ.

8. ލޯނެއް ނެގުމަށް އެކަކަށްވުރެ ގިނަ މެންބަރުންގެ ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެތޯ؟

ލޯނުދޫކުރާ ފަރާތުން ލޯނުގެ ކޯއެޕްލިކެންޓުންގެ ގޮތުގައި ލޯނުގައި ބައިވެރިވެވޭނޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ޕެންޝަންފައިސާ ކޮލެޓަރަލައިޒް ކުރެވޭނެއެވެ. 

9. ލޯނު އަނބުރާ ދައްކާ ނިމުމުން ކޮލަޓަރަލައިޒް ކުރެވޭ ފައިސާއަށް ވާނީ ކިހިނެއް؟

ލޯނު އަނބުރާ ދައްކާ ނިމުމުން ކޮލަޓަރަލައިޒް ކުރެވޭ ފައިސާ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގް އެކައުންޓަށް އަނބުރާ ޖަމާކުރެވޭނެއެވެ.

1. ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރަންޖެހޭނީ ކޮން އެކައުންޓަކަށް؟

ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރަންޖެހޭނީ ރިސިޕްޓު ނޯޓިސްގައި ދީފައިވާ ސީސީއޭ ( CCA ) އެކައުންޓަށް 

2. ޗެކު ބޭނުންކޮށްގެން ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާއިރު، ޗެކުގައި "ޕޭއީ ނޭމް" ގެ ގޮތުގައި ޖަހާނީ ކޮން އެކައުންޓު ނަމެއް؟

ޗެކު ބޭނުންކޮށްގެން ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާއިރު، ޗެކުގައި "ޕޭއީ ނޭމް" ގެ ގޮތުގައި ޖަހާނީ ސީސީއޭ ( CCA ) 

3. ޕެންޝަން ކޮންޓްރިބިއުޝަން ދެއްކޭނެ ގޮތްތަކަކީ ކޮބާ؟

ޕެންޝަން ކޮންޓްރިބިއުޝަން ދެއްކޭނެ ގޮތްތަކަކީ:

ބޭންކު ޗެކަކުން، 

ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗަކަށް ޒިޔާރަތްކޮށް ފައިސާ ދައްކައިގެން، 

ކޮންޓްރިބިއުޝަން ކަލެެކްޝަން އެކައުންޓު (CCA) އަށް އޮންލައިންކޮށް ޓަރާންސްފަރ ކޮށްގެން

4. އޮންލައިންކޮށް ޓްރާންސްފަރ ކޮށްގެން ޕެންޝަން ކޮންޓްރިބިއުޝަން ދައްކާއިރު ވަކި ޚާއްސަކަމެއް ކުރަން ޖެހޭތޯ؟

ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޓްރާންސްފަރ ކޮށްގެން ޕެންޝަން ކޮންޓްރިބިއުޝަން ދައްކާއިރު، އެމްޕްލޯޔަރ އައިޑީ އާއި، ރިސިޕްޓް ނޯޓިސްގައި ދީފައިވާ ޓްރެކިންގް ނަންބަރު އަދި ޕެންޝަން ކޮންޓްރިބިއުޝަންގެ ޢަދަދު ހިމެނޭގޮތަށް އީމެއިލް އެއް [email protected] އަށް ފޮނުވަންވާނެއެވެ.

5. ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށް އޭ.ޓީ.އެމް ބޭނުން ކުރެވިދާނެތޯ؟

ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށް އޭ.ޓީ.އެމް ބޭނުން ކުރުމުން ވަޒީފާދޭ ފަރާތް ފާހަގަކުރުމަށް ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން، އޭ.ޓީ.އެމް ބޭނުން ކުރުމަށް ޕެންޝަން އޮފީހުން ތަރުހީބެއް ނުދެއެވެ. އެހެންނަމަވެސް އޭ.ޓީ.އެމް ބޭނުންކުރަންޖެހޭ ހާލަތެއްގައި  އެމްޕްލޯޔަރ އައިޑީ އާއި، ރިސިޕްޓް ނޯޓިސްގައި ދީފައިވާ ޓްރެކިންގް ނަންބަރު "ރިމާކްސް" ގައި ލިޔުއްވާފައި ފައިސާ ޖަމާކުރުމަށްފަހު ޑިޕޮސިޓް ސްލިޕްގައި އެމްޕްލޯޔަރ އައިޑީ އާއި، ޓްރެކިންގް ނަންބަރު ލިޔުއްވާފައި އެ ޑިޕޮސިޓް ސްލިޕްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް އީމެއިލް [email protected] އަށް ނުވަތަ 7731441 އަށް ވައިބާއިން ފޮނުވަންވާނެއެވެ.

6. ވަޒީފާދޭ ފަރާތުން އޮޅިގެން ވަޒީފާ އަދާކުރާ މީހެއްގެ ޕެންޝަން ކޮންޓްރިބިއުޝަން މަދުން ނުވަތަ ގިނައިން ދެއްކިއްޖެނަމަ، ވަޒީފާދޭ ފަރާތުން ކަންތައް ކުރާނީ ކިހިނެތް؟

ވަޒީފާ އަދާކުރާ މީހެއްގެ ޕެންޝަން ކޮންޓްރިބިއުޝަން މަދުން ނުވަތަ ގިނައިން ދެއްކިއްޖެ ނަމަ، ވަޒީފާދޭ ފަރާތުން ޖެހޭނީ ޕެންޝަން ކޮންޓްރިބިއުޝަންގެ ރަނގަޅު ޢަދަދު ހިމަނައިގެން "އެޖަސްޓުމަންޓު އެސްޕީސީ" ހުށަހަޅާށެއެވެ. 

7. އެސް.ޕީ.ސި ހުށަހެޅުމާއި ބެހޭ ވީޑިއޯ ފަދަ ތަމްރީން ދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުންނާނީ ކޮންތާކު؟

އެސް.ޕީ.ސި ހުށަހެޅުމާއި ބެހޭ ވީޑިއޯ ފަދަ ތަމްރީންދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުންނާނީ ޕެންޝަން އޮފީހުގެ ވެބްސައިޓުންނާއި، ޕެންޝަން އޮފީހުގެ ފޭސްބުކް ޕޭޖުންނެވެ.

8. ޕެންޝަން ކޮންޓްރިބިއިޝަން ދެއްކުމަށް ހުށަހަޅާ އެސް.ޕީ.ސީ (101) ހުށަހަޅާ، ޕެންޝަނަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ކޮބާ؟

ޕެންޝަން ކޮންޓްރިބިއިޝަން ދެއްކުމަށް ހުށަހަޅާ އެސް.ޕީ.ސީ (101) ހުށަހަޅާ، ޕެންޝަނަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހެވެ. 

9. ހުށަހަޅަން އޮންނަ މުއްދަތަށްވުރެ ލަހުން އެސް.ޕީ.ސީ (101) ހުށަހަޅައިފިނަމަ ޖުރިމާނާއެއް އޮވޭތަ؟

ހުށަހަޅަން އޮންނަ މުއްދަތަށްވުރެ ލަހުން އެސް.ޕީ.ސީ (101) ހުށަހަޅައިފިނަމަ ޖުރިމާނާއެއްގެ ގޮތުގައި 100 ރުފިޔާ ދައްކަން ޖެހޭނެއެވެ.

10. ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ މުއްދަތަށްވުރެ ލަހުން ޕެންޝަން ކޮންޓްރިބިއުޝަން ދައްކައިފިނަމަ ޖުރިމާނާކުރާނެތަ؟

ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ މުއްދަތަށްވުރެ ލަހުން ޕެންޝަން ކޮންޓްރިބިއުޝަން ދައްކައިފިނަމަ، ޕެންޝަން ކޮންޓްރިބިއުޝަންގެ ޖުމްލަ އަދަދުގެ %0.5 ޖުރިމާނާގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.

11. ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ ދުވަހަކީ ރަސްމި ބަންދު ދުވަހެއްނަމަ، ޕެންޝަން ކޮންޓްރިބިއުޝަން ދައްކަންޖެހޭ ސުންގަޑިއަކަށްވާނީ ކޮންދުވަހެއް؟

ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ ދުވަހަކީ ރަސްމި ބަންދު ދުވަހެއްނަމަ، ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމުގެ ސުންގަޑިއަކަށްވާނީ ޖެހިގެން އަންނަ ސަރުކާރުގެ ރަސްމީ މަސައްކަތް ކުރާ ދުވަހެވެ. އެ ތާރީޚު ޕެންޝަން އޮފީހުގެ ޕޯޓަލްގައި ޝާޢިއު ކުރާނެއެވެ.

12. ވަޒީފާއާއި ބެހޭ އެއްބަސްވުމެއް އެކުލަވާލައި، އެ އެއްބަސްވުމުގައި ޕެންޝަނަށް ފައިސާ އުނިކުރާނެ ކަމަށާއި، އުނިކުރާނެ މިންވަރު ހިމެނޭ މާއްދާއެއް ލިޔެފައިވާކަން ކަށަވަރުކުރަންޖެހޭނީ ކޮން ފަރާތަކުން؟

ވަޒީފާއާއި ބެހޭ އެއްބަސްވުމެއް އެކުލަވާލައި، އެ އެއްބަސްވުމުގައި ޕެންޝަނަށް ފައިސާ އުނިކުރާނެ ކަމަށާއި، އުނިކުރާނެ މިންވަރު ހިމެނޭ މާއްދާއެއް ލިޔެފައިވާކަން ކަށަވަރުކުރަންޖެހޭނީ ވަޒީފާދޭ ފަރާތުންނެވެ.

13. ޕްރޮބޭޝަން މުއްދަތުގައި މުވައްޒަފު ޕެންޝަން ސްކީމުގައި ބައިވެރިކުރަންޖެހޭނެތަ؟

ޕްރޮބޭޝަން މުއްދަތު ހިމެނޭގޮތަށް ވަޒީފާދިން ދުވަހުން ފެށިގެން މުވައްޒަފު މުވައްޒަފު ޕެންޝަން ސްކީމުގައި ބައިވެރިކުރަން ޖޭހޭނެއެވެ. 

14. ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތައް ވެސް އެމް.އާރް.އެސް.ޕީ.ސީ ގައި ބައިވެރިކުރަންޖެހޭތޯ؟

ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތައް ވެސް އެމް.އާރް.އެސް.ޕީ.ސީ ގައި ބައިވެރި ކުރުމަކީ ލާޒިމް ކަމެކެވެ.

15. ޕެންޝަނާއިބެހޭ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭނީ ކޮން ފަރާތަކުން؟ ވަޒީފާދޭ ފަރާތުންތޯ ނުވަތަ ވަޒީފާ އަދާކުރާ ފަރާތުންތޯ؟

ޕެންޝަނާއިބެހޭ ސައްހަ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭނީ ވަޒީފާދޭ ފަރާތުންނެވެ.  

16. ވަޒީފާއިން ވަކިވާ މީހުންނާއިމެދު އަމަލު ކުރާނީ ކިހިނެތް؟

ވަޒީފާއިން ވަކިވާ މީހުން އެސްޕީ.ސީ 300 ބޭނުންކޮށްގެން ކޮށާރު ޕޯޓަލްއިން އުނިކުރަންޖެހޭނެއެވެ. 

17. ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާނީ ކޮން އެކައުންޓަކަށް؟

ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރަންވާނީ ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ކޮންޓްރިބިއުޝަން ކަލެކްޝަން އެކައުންޓަ (ސީ.ސީ.އޭ) އަށެވެ.

18. ޕެންޝަން ކޮންޓްރިބިއުޝަން ޕެންޝަން އެކައުންޓުން ފެންނަން ކިހާ މުއްދަތެއް ނަގާނެ؟

ޕެންޝަން ކޮންޓްރިބިއުޝަން ޕެންޝަން އެކައުންޓުން ފެންނުމަށް، ޕެންޝަން ފައިސާ ޖަމާކުރާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަސް ނަގާފާނެއެވެ. 

19. ޕެންޝަން ކޮންޓްރިބިއުޝަން ޖަމާވުމުން ވަޒީފާދޭ ފަރާތަށް އެކަން އަންގާނެތޯ؟

ޕެންޝަން ކޮންޓްރިބިއުޝަން ޖަމާވުމުން، ވަޒީފާދޭ ފަރާތަށް އެސް.އެމް.އެސް އެއް ލިބިވަޑައިގަންނަވާނެއެވެ. 

20. އެސް.ޕީ.ސީ ގައި ހިމަނާ "ގުޅޭނެ ފަރާތުގެ މަޢުލޫމާތު" އަދާހަމަކުރުމުގެ މުހިއްމުކަމަކީ ކޮބާ؟

އެސް.ޕީ.ސީ ގައި ހިމަނާ "ގުޅޭނެ ފަރާތުގެ މަޢުލޫމާތު" އަދާހަމަކޮށްފައިވާކަން ވަޒީފާދޭފަރާތުން ޔަގީންކުރަންވާނެއެވެ. ސަބަބަކީ ޕެންޝަން ކޮންޓްރިބިއުޝަން ޖަމާވުމުން، އޮޓޮމެޓިކުން ޖެނެރޭޓުވާ އެސް.އެމް.އެސް ދާނީ އެސް.ޕީ.ސީގައި އޮންނަ މޯބައިލް ނަންބަރަށް ކަމަށްވާތީއެވެ.  

21. އެންމެފަހުން ޕެންޝަނަށް ޖަމާކުރަން ފޮނުވި ފައިސާ ސީ.ސީ.އޭ އެކައުންޓަށް ޖަމާވުމުގެ ކުރިން އާ ކޮންޓްރިބިއުޝަން އެސް.ޕީ.ސީ (101) އެއް ހުށަހެޅިދާނެތޯ؟

ކޮންޓްރިބިއުޝަން އެސް.ޕީ.ސީ (101) ހުށަހެޅުމުގައި ކުރިމަތިވެދާނެ މައްސަލަތަކުން ދުރުވުމަށް، އެންމެފަހުން ޕެންޝަނަށް ޖަމާކުރަންފޮނުވި ފައިސާ ސީ.ސީ.އޭ އެކައުންޓަށް ޖަމާވުމުގެ ކުރިން, އާ ކޮންޓްރިބިއުޝަން އެސް.ޕީ.ސީ (101) ހުށަނޭޅުއްވުން އެދެމެވެ. ޕެންޝަން ކޮންޓްރިބިއުޝަން ޖަމާވުމުން، އޮޓޮމެޓިކުން ޖެނެޜޭޓުވާ އެސް.އެމް.އެސްއެއް ވަޒީފާދޭ ފަރާތަށް ލިބިވަޑައިގެންނެވުމުން, އާ 101 އެސް.ޕީ.ސީ ހުށަހަޅުއްވާށެވެ. 

22. ވަޒީފާގައި އުޅޭ 65 އަހަރުވެފައިވާ ފަރާތްތަކަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން ޖެހޭނެތޯ؟

65 އަހަރުވެފައިވާ ފަރާތެއް ވަޒީފާގައި އުޅުނު ކަމުގައިވިޔަސް، އެ މުވައްޒަފަކަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކާކަށް ނުޖެހޭނެއެވެ. 

23. މުވައްޒަފަށް މުސާރަ ދިނުމުގެ ކުރިން ޕެންޝަނަށް ކޮންޓްރިބިއުޓު ކުރަން މުސާރައިން އުނިކުރަން ޖެހޭނެތޯ؟

މުވައްޒަފަށް މުސާރަ ދިނުމުގެ ކުރިން ޕެންޝަނަށް ކޮންޓްރިބިއުޓު ކުރަން މުސާރައިން އުނިކުރަން ޖެހޭނެއެވެ. 

24. ޕެންޝަން ކޮންޓްރިބިއުޝަނާއި ގުޅިގެން ވަޒީފާދޭފަރާތަކާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅޭނީ ކޮންއިރަކު؟

ޕެންޝަން ކޮންޓްރިބިއުޝަނާއި ގުޅިގެން ވަޒީފާދޭފަރާތަކާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅޭނީ ޕެންޝަން ކޮންޓްރިބިއުޝަން ދައްކަން އޮންނަ އުސޫލުތަކާއި އެއްގޮތަށް ނުދެއްކުމުގެ ސަބަބުން ދެވޭ ނޯޓިސްގައި އޮންނަ މުއްދަތުގައި ޕެންޝަން ކޮންޓްރިބުއުޝަން ދައްކާފައިނުވާނަމައެވެ. 

25. ޕެންޝަނަށް ކޮންޓްރިބިއުޓު ކުރުމުގެ ކުރިން މުވައްޒަފުގެ މުސާރައިން އުނިކުރެވޭނެ ހާލަތްތަކަކީ ކޮބައިތޯ؟

ޕެންޝަނަށް ކޮންޓްރިބިއުޓު ކުރުމުގެ ކުރިން މުވައްޒަފުގެ މުސާރައިން އުނިކުރެވޭނެ ހާލަތްތަކަކީ، ގަޑިޖެހިގެން ވަޒީފާއަށް ދިއުމާއި، ވަޒީފާއަށް ނުދާ ދުވަސްތަކަށް އުނިކުރާ އުނިކުރުމެވެ. 

26. ޕެންޝަން ސްކީމަށް ފައިސާ ދެއްކުމަކީ ކޮންފަރާތެއްގެ ޒިންމާއެއް؟

އުމުރުން 16 އަހަރާއި 65 އަހަރު ދެމެދުގެ މުވައްޒަފުން ޕެންޝަން ސްކީމުގައި ރަޖިސްޓަރީކޮށް މުވައްޒަފުންގެ ފަރާތުން ޕެންޝަނަށް ކޮންޓްރިބިއުޓް ކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

27. ޕެންޝަން އެކައުންޓްގެ ތަފްސީލް ބަލާނީ ކިހިނެއް؟

ފެންޝަން ސްކީމްގައި ރަޖިސްޓަރީ ވެފައިވާ ކޮންމެ މެމްބަރެއްގެވެސް ރިޓަޔަރމަންޓް ސޭވިންގ އެކައުންޓެއް ހުޅުވިފައި ވާނެއެވެ. އެކައުންޓްގެ ތަފްސީލް ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.

28. ވަޒީފާދޭ ފަރާތުން ޖުމްލަ %14 ޕެންޝަންގެ ގޮތުގައި ދެއްކޭނެތަ؟

ވަޒީފާދޭ ފަރާތުން ދައްކަން ޖެހޭ %7 އަށް ވުރެ އިތުރަށް ދެއްކުމުގެ އިޚުތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރާ ފަރާތުގެ އަސާސީ މުސާރައިން ޕެންޝަނަށް އުނިކުރުމުގެ ބަދަލުގައި ވަޒީފާދޭފަރާތުން ޖުމްލަ %14 ވެސް ދެއްކިދާނެއެވެ.

29. ޕެންޝަނަށް ދައްކަން ލާޒިމްވާ އަދަދަށްވުރެ އިތުރަށް ވަޒީފާއަދާކުރާ ފަރާތުން ޕެންޝަނަށް ޖަމާކުރެވޭނެތަ؟

ވަޒީފާ އަދާކުރާ ފަރާތުން އިތުރަށް ޕެންޝަނަށް ޖަމާކުރަން ބޭނުންވާ ކަމުގައި ވާނަމަ ވޮލަންޓަރީކޮށް ޕެންޝަން ކޮންޓްރިބިއުޝަން ހެއްދެވޭނެއެވެ. އެގޮތަށް ވޮލަންޓަރީކޮށް ޖަމާކުރާ އަދަދުވެސް ޖަމާވާނީ އެބޭފުޅެއްގެ ޕެންޝަން އެކައުންޓަށެވެ.

30. މުސާރަ ޝީޓް، އެސް.ޕީ.ސީ ޝީޓް ނުވަތަ ޕެންޝަން އޮފީހަށް ފޮނުވިފައިވާ ރިޕޯޓުތައް އަދި ވަޒީފާގެ އެއްބަސްވުން ފަދަ ޕެންޝަން ކޮންޓްރިބިއުޝަނާއިބެހޭ ލިޔުންތައް ބަލަހައްޓަން ޖެހެނީ ކިހާ މުއްދަތަކަށް؟

މުސާރަ ޝީޓް، އެސް.ޕީ.ސީ ޝީޓް ނުވަތަ ޕެންޝަން އޮފީހަށް ފޮނުވިފައިވާ ރިޕޯޓުތައް އަދި ވަޒީފާގެ އެއްބަސްވުން ފަދަ ޕެންޝަން ކޮންޓްރިބިއުޝަނާއިބެހޭ ލިޔުންތައް މަދުވެގެން 6 އަހަރު ވަންދެން ބަލަހައްޓަން ޖެހޭނެއެވެ.

31. ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ވަޒީފާދޭފަރާތްތަކުގެ ނަން ހާމަކުރާ ހާލަތަކީ ކޮބާ؟

އެމް.އާރު.ޕީ.އެސް ގެ ގަވައިދާ ޚިލާފުވެ ޕެންޝަނަށް ފައިސާ ދައްކަމުން ނުގެންދާ ވަޒީފާ ދޭފަރާތް ތަކަށް ނޯޓިސްގެ ޒަރީޢާއިން ޕެންޝަނަށް ފައިސާ ދައްކަން އަންގައި، ދެވިފައިވާ މުއްދަތުގައި އަންގާފައިވާ ކަންކަން ރަނގަޅު ނުކުރާނަމަ، ހެދިފައިވާ ގަވައިދުތަކާއި ޚިލާފުވެފައިވާ ކަމަށް ނިންމައި، ޕެންޝަން އޮފީހުގެ ވެބްސައިޓް ގައި އެފަރާތްތަކުގެ މައުލޫމާތުތައް އާންމުކޮށް ފެންނާނެ ފަދައިން ޝާއިޢު ކުރެވޭނެއެވެ. 

32. ޕެންޝަނަށް މުސާރައިން އުނިކުރާ މިންވަރު މުސާރަ ޝީޓުގައްޔާއި މުސާރަދިންކަމުގެ ސްލިޕުގައި ވަޒީފާދޭފަރާތުން ހިމަނަން ޖެހޭނެތޯ؟

ޕެންޝަން ސްކީމަށް ފައިސާ ދެއްކުމަށްޓަކައި ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން އުނިކުރެވިފައިވާ އަދަދު މުސާރަ ޝީޓްގައި ހިމަނާ އަދި ވަޒީފާ އަދާކުރާ ފަރާތަށް ދެވޭ މުސާރަ ސްލިޕް ގައި ފާހަގަވާނެ ފަދައިން ހިމަނަންވާނެއެވެ.

33. މުސާރަ ޝީޓްގައި ހިމަނާފައިވާ، ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި އުނި ކުރެވިފައިވާ އަދަދާއި ޕެންޝަން އޮފީސް އަށް ހުށަހަޅާ ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން (އެސް.ޕީ.ސީ) ގައި ހިމަނާފައިވާ އަދަދާއި ދިމާވާން ޖެހޭނެތޯ؟

މުސާރަ ޝީޓްގައި ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން ޕެންޝަން ކޮންޓްރިބިއުޝަން އަށް ދެއްކުމަށްޓަކައި އުނި ކުރެވިފައިވާ އަދަދާއި ޕެންޝަން އޮފީސް އަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން (އެސް.ޕީ.ސީ) ގައި ހިމަނާފައިވާ އަދަދަކީ އެއް އަދަދެއް ކަމުގައި ވާންވާނެއެވެ.

34. ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން ޕެންޝަން ކޮންޓްރިބިއުޝަން ގެ ގޮތުގައި މުސާރައިން އުނިކުރެވޭނެ އެންމެ ބޮޑު އަދަދަކީ ކޮބާ؟

ވަޒީފާ އަދާކުރާ ފަރާތުގެ ޕެންޝަން ކޮންޓްރިބިއުޝަން ގެ ގޮތުގައި މުސާރައިން އުނިކުރެވޭނެ އެންމެ ބޮޑު އަދަދަކީ އަސާސީ

މުސާރައިގެ %7 އެވެ.

35. ވަޒީފާދޭ ފަރާތުން ހުށަހަޅާފައިވާ ގިނަ އެޖެސްޓްމެންޓް އެސް.ޕީ.ސީ ތަކަކަށް އެއް ޕޭމަންޓެއްގެ ގޮތުގައި ފައިސާ ދެއްކިދާނެތޯ؟

ވަޒީފާދޭ ފަރާތުން ހުށަހަޅާފައިވާ ކޮންމެ އެޖަސްޓްމަންޓް އެސް.ޕީ.ސީ އަކަށް ފައިސާ ދައްކަންވާނީ ވަކިވަކި ޕޭމަންޓްތަކެއްގެ ގޮތުގައެވެ. 

36. ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން ހުށަހެޅުމަށްޓަކައި އެހީތެރިކަމެއް ބޭނުންވޭތޯ؟

ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން ހުށަހެޅުމަށްޓަކައި އެހީތެރި ކަމެއް ބޭނުންވާނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް އޮފީސް ގަޑީގައި 1441 އަށް ގުޅުއްވާލައްވާށެވެ. ނުވަތަ އަޅުގަނޑު މެންގެ ވެބްސައިޓް ގައިވާ އެސް.ޕީ.ސީ ހުށަހަޅަން ޖެހޭގޮތް ކިޔައިދޭ ވީޑިއޯ ތައް ބައްލަވާށެވެ. ނުވަތަ ލައިވް ޗެޓު މެދުވެރިކޮށް އެހީތެރިކަން ހޯއްދަވާށެވެ. 

37. ވަޒީފާދޭ ފަރާތްތަކުން ޕެންޝަނާއިބެހޭ ގާނޫނާއި ގަވާޢިދުތަކާއި އެއްގޮތަށް އަމަލުކުރޭތޯ ޕެންޝަން އޮފީހުން ބަލާނީ ކިހިނެތް؟

ވަޒީފާދޭ ފަރާތްތައް، ޕެންޝަނާއިބެހޭ ގާނޫނާއި  އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށްޓަކައި ޕެންޝަން އޮފީހުން ވަޒީފާ ދޭ ފަރާތްތައް އިންސްޕެކްޓު ކުރާނެއެވެ. އެހެންކަމުން ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ލިޔެކިޔުމުގެ ހުރިހާ މުއާމަލާތެއް ރައްކާތެރިކަމާއި އެކު ބެހެއްޓުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ.

38. ހެދިފައިވާ ގަވާއިދުތަކާ އެއްގޮތައް އަމަލު ކުރޭ ތޯބެލުމަށް އިންސްޕެކްޓު ކުރުމަށް ފަހު އަޅާ ފިޔަވަޅުތަކަކީ ކޮބާ؟

ހެދިފައިވާ ގަވާއިދުތަކާ އެއްގޮތައް އަމަލު ކުރޭ ތޯ ބެލުމަށް އިންސްޕެކްޓު ކުރުމަށް ފަހު، އެއް ކުރެވުނު މައުލޫމާތު ވަޒީފާ ދޭ ފަރާތާ ހިއްސާ ކުރެވެނޭއެވެ. އަދި އިސްލާހް ގެންނަން ޖެހޭ ކަންކަން ހުރި ކަމުގައިވާނަމަ، އެ އިސްލާހެއް ގެނައުމަށް އެކަމަށް ކަނޑަ އެޅިގެންވާ ވަކި މުއްދަތެއް ދެވޭނެއެވެ.

39. ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިޔުޝަން (އެސް.ޕީ.ސީ) ހުށަހަޅާ ގޮތުގެ ތަމްރީން ސެޝަންތައް ކުރިއަށް ގެންދަނީ ކޮން ދުވަހަކު؟ މި ސެޝަންތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންޖެހެނީ ކިހިނެއް؟

ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިޔުޝަން (އެސް.ޕީ.ސީ) ހުށަހަޅާ ގޮތުގެ ތަމްރީން ސެޝަންތަކެއް ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 އިން މެންދުރު 12:00 އަށް ޕެންޝަން އޮފީހުގައި ކުރިއަށް ގެންދެއެވެ. މި ތަމްރީންގައި ބައިވެރި ވެލެއްވުމަށް ޕެންޝަން އޮފީސް ވެބްސައިޓް މެދުވެރިކޮށް ނުވަތަ 1441 އަށް ގުޅުއްވައިގެން ރަޖިސްޓަރީ ވުމުން ތަމްރީންގައި ބައިވެރި ވުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.

40. ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނާއި އަމިއްލަ މަސައްކަތް ކުރައްވާ ފަރުދުން މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމް ގައި ބައިވެރިވުން ލާޒިމް ވާނެތަ؟

ވަޒީފާ އަދާ ކުރާ ބިދޭސީން އަދި އަމިއްލަ މަސަކަތް ކުރައްވާ ފަރުދުން މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމަކީ އެފަރާތްތަކުގެ މައްޗަށް ލާޒިމް ކަމެއްނޫނެވެ. އެހެންނަމަވެސް އަމިއްލަ އިހުތިޔާރުގައި އެމް.އާރް.ޕީ.އެސް ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންވެއެވެ.

41. ވަޒީފާދޭ ފަރާތުން ޕެންޝަން އޮފީހަށް ދެއްވާފައިވާ މައުލޫމާތު ބަދަލު ވެފައިވާނަމަ އަމަލު ކުރަންޖެހޭނީ ކިހިނެތް؟

ވިޔަފާރީގެ ނަން، އެޑްރެސް، އޮފީހުގެ ފަރާތުން މުއާމަލާތް ކުރުމަށް ކަނޑައަޅާފައިވާ މުވައްޒަފު ނުވަތަ އެޑްމިނިސްޓްރޭޓަރގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ ވަޒީފާ ދޭފަރާތުން "މައުލުމާތު ބަދަލު ކުރަން އެދޭ ފޯމް" ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. 

42. ވަޒީފާދޭ ހުރިހާ ފަރާތަކުން ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ކުރުމަކީ ލާޒިމް ކަމެއްތަ؟ އަދި ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ކުރުމަށް އަމަލު ކުރާނީ ކިހިނެއް؟

ސަރުކާރުގެ އަދި އަމިއްލަ ހުރިހާ ވަޒީފާދޭފަރާތަކުންވެސް ޕެންޝަން އޮފީހުގައި ރަޖިސްޓަރީކޮށް، ވަޒީފާއަދާކުރާ ހުރިހާ ދިވެހި މުވައްޒަފުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމް. އާރް.ޕީ. އެސް) ގައި ބައިވެރިކުރަންވާނެއެވެ. ރަޖިސްޓަރީ ކުރެއްވުމަށްޓަކައި "ވަޒީފާ ދޭފަރާތް ރަޖިސްޓަރީ ވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި ފޯމް ޕެންޝަން އޮފީސްގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެވެ.

43. ޕެންޝަނަށް ކޮންޓްރިބިއުޓު ކުރަން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އަށް ވަޒީފާ ދޭފަރާތުން ފައިސާ ނުދައްކައިފިނަމަ އަޅާނެ ފިޔަވަޅު ތަކަކީ ކޮބާ؟

ޕެންޝަނާަށް ކޮންޓްރިބިއުޓު ކުރަން ކަނޑައަޅާފައިވާ މުއްދަތުގެތެރޭގައި މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އަށް ވަޒީފާ ދޭފަރާތުން ފައިސާ ނުދައްކައިފިނަމަ ނޯޓިސްގެ ޒަރީއާއިން އެކަން އެންގޭނެއެވެ. މިނޯޓިސް ލިބުމާއި އެކު ދެވިފައިވާ މުއްދަތުގެ ތެރޭގައި ނޯޓިސް ގައި ދެންނެވިފައިވާ ގޮތަށް އަމަލް ކުރަންވާނެއެވެ.

44. މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ގަވައިދަށް ތަބާވާންޖެހެނީ ކޮން ބައެއް؟

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވައިދަކީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ އެންމެހާއި ބައިވެރިންނަށް (ވަޒީފާ ދޭފާރާތް، ވަޒީފާ އަދާކުރާ ފަރާތް އަދި އަމިއްލަ މަސަކަތް ކުރައްވާ ފާރާތް) ހެދިފައިވާ ގަވައިދުތަކެކެވެ. އެހެންކަމުން އެންމެހައި ބައިވެރިން ވެސް ހެދިފައި މިވާ ގަވައިދުތަކަށް ބޯލަބައި ހުރުމަތްތެރިކޮށް ހިތުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

45. މުވަްޒަފަކު އެއް ތަނަށްވުރެ ގިނަ ތަނެއްގައި މަސަކަތް ކުރާނަމަ، އެ ވަޒީފާ އަދާކުރާ ފަރާތް މަސަކަތް ކުރާ ކޮންމެ ތަނެއްގެ ފަރާތުންވެސް ޕެންޝަން ކޮންޓްރިބިޔުޝަން ސްކީމްގައި ބައިވެރި ކުރުމަކީ ލާޒިމް ކަމެއްތަ؟

ވަޒީފާ އަދާ ކުރާފަރާތަކީ އެއް ތަނަށްވުރެ ގިނަ ތަނެއްގައި މަސަކަތް ކުރާ ފަރާތެއް ނަމަ، އެ ވަޒީފާ އަދާކުރާ ފަރާތް މަސަކަތް ކުރާ ކޮންމެ ތަނެއްގެ ފަރާތުންވެސް ޕެންޝަން ކޮންޓްރިބިޔުޝަން ސްކީމްގައި ބައިވެރި ކުރަން ވާނެއެވެ. 

46. ވަޒީފާ އަދާކުރާ ފަރާތުން ޕެންޝަނަށް ދައްކަންޖެހޭ އަދަދަށް ވުރެ މަދުން ފައިސާ ދެއްކިފައިވާ ކަން ވަޒީފާ ދޭފަރާތަށް ފާހަގަ ކުރެވިއްޖެނަމަ، ވަޒީފާ ދޭފަރާތުން އަމަލު ކުރާނީ ކިހިނެތް؟

ވަޒީފާ އަދާކުރާ ފަރާތުން ޕެންޝަނަށް ދައްކަންޖެހޭ އަދަދަށް ވުރެ މަދުން ފައިސާ ދެއްކިފައިވާ ކަން ވަޒީފާ ދޭފަރާތަށް ފާހަގަ ކުރެވިއްޖެނަމަ، ވަޒީފާ ދޭފަރާތުން އެޖަސްޓުމަންޓު އެސް.ޕީ.ސީ (102) ފުރިހަމަކޮށް ހުށަހަޅައި، އެޖަސްޓުމަންޓު އެސް.ޕީ.ސީން ޖެނެރޭޓުވި ރިސިޕްޓް ނޯޓިސްގައި ވާގޮތަށް ކޮންޓްރިބިއުޝަން ދައްކަންވާނެއެވެ.

47. ވަޒީފާ ދޭފަރާތަށް ހެދިފައިވާ ކުށެއްގެ ސަބަބުން ޕެންޝަނަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކިފައިވާ ނަމަ، އިތުރަށް ދެއްކުނު ފައިސާ އަނބުރާ ހޯދުމަށް ވަޒީފާ ދޭފަރާތުން ކުރަންޖެހޭނެ ކަމަކީ ކޮބާ؟

ވަޒީފާ ދޭފަރާތަށް ހެދިފައިވާ ކުށެއްގެ ސަބަބުން ދައްކަންޖެހޭ މިންވަރަށް ވުރެއް އިތުރަށް ފައިސާ ދެއްކިފައިވާ ނަމަ، ވަޒީފާ ދޭފަރާތުން އެކަން ރަނގަޅު ކޮށް، އިތުރަށް ދެވިފައިވާ ފައިސާ ހޯދުމަށް އެދި، ކުށް ހެދިފައިވާ މަހުން ފެށިގެން 1 އަހަރުގެ މުއްދަތެއްގެ ތެރޭގައި ޕެންޝަން އޮފީހަށް ހުށަހެޅުމުން، އިތުރަށް ޖަމާކުރެވުނު ފައިސާ އަނބުރާ ވަޒީފާދޭ ފަރާތަށް ރައްދުކޮށްދާނެއެވެ. 

48. ސްކީމަށް ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް ނުވަތަ މަދުން ފައިސާ ދެއްކިފައިވަނީ އެކަން ރަނގަޅު ކުރުމަކީ ކޮން ފަރާތެއްގެ ޒިންމާއެއް؟

މުވައްޒަފެއްގެ މުސާރައިން ސްކީމަށް ކަނޑަންޖެހޭ މިންވަރަށްވުރެ އިތުރަށް ކެނޑިފައިވާނަމަ، އެފައިސާ އަނބުރާ އެމުވައްޒަފަކަށް ހޯދައިދިނުމަކީ، ނުވަތަ މުސާރައިން ސްކީމަށް ކަނޑަންޖެހޭ މިންވަރަށް ވުރެ މަދުން ފައިސާ ދެއްކިފައިވާނަމަ، އެ ފައިސާ މުވައްޒަފުގެ އަތުން ހޯދުމަކީ، ވަޒީފާ ދޭފަރާތުގެ ޒިންމާއެކެވެ.

49. ޕެންޝަން ކޮންޓްރިބިޔުޝަނާއި ގުޅިގެން ވަޒީފާ އަދާ ކުރާފަރާތަށް އެއްވެސް މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، ވަޒީފާއަދާކުރާ ފަރާތުން އަމަލު ކުރަންޖެހެނީ ކިހިނެތް؟

ޕެންޝަން ކޮންޓްރިބިޔުޝަން އާއި ގުޅިގެން ވަޒީފާ އަދާ ކުރާފަރާތަށް އެއްވެސް މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، އެ މައްސަލައެއް ހައްލުކުރުމަށް ފުރަތަމަ ވަޒީފާ ދޭ ފަރާތާއި މަޝްވަރާކުރާށެވެ. މަޝްވަރާކޮށް ހައްލު ނުކުރެވިއްޖެ ނަަމަ އެކަމެއް ބަލައި، ހައްލުކޮށް ދިނުމަށް އެދި އެ މައްސަލައެއް ދިމާވި ތާރީހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ޕެންޝަން އެފީހަށް ހުށަހެޅިދާނެއެވެ.

50. ޕެންޝަން އޮފީހުގައި ވަޒީފާ ދޭފަރާތުން ރަޖިސްޓްރީކޮށްފައި ނުވާނަމަ ކުރެވޭ ޖޫރިމަނާ އަކީ ކޮބާ؟

ވަޒީފާ ދޭފަރާތުން ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ، -/500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

51. ވަޒީފާ ދޭފަރާތުން ކޮންމެ މަހަކު ހުށައަޅަން ޖެހޭ ސްޓޭޓްމަންޓް އޮފް ކޮންޓްރިބިއުޝަން (އެސް.ޕީ.ސީ) ހުށަނާޅާނަމަ ކުރެވޭ ޖޫރިމަނާ އަކީ ކޮބާ؟

ވަޒީފާ ދޭފަރާތުން ކޮންމެ މަހަކު ހުށައަޅަން ޖެހިލައްްވާ ސްޓޭޓްމަންޓް އޮފް ކޮންޓްރިބިއުޝަން (އެސް.ޕީ.ސީ) ހުށަހަޅާފައިނުވާނަމަ އެސް.ޕި.ސީ ހުށަނާޅާ ކޮންމެ މަހަކަށް -/100 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

52. ޕެންޝަނަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައިފި ނަމަ ކުރެވޭ ޖޫރިމަނާ އަކީ ކޮބާ؟

ޕެންޝަނަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިނުވާނަމަ ކޮންމެ މަހެއްގެ ޖުމުލަ ކޮންޓްރިބިއުޝަންގެ އަދަދުގެ %0.5 އިން ޖޫރިމަނާ ކުރެވޭނެއެވެ.

53. ވަޒީފާދޭފަރާތުން ބަލަހައްޓަން ޖެހޭ ރެކޯޑްތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމުގައި ވާނަމަ ކުރެވޭ ޖޫރިމަނާ އަކީ ކޮބާ؟

ވަޒީފާދޭފަރާތުން ޕެންޝަން ސްކީމް ގެ ގަވައިދާ ހިލާފް ވެފައިވާ މިންވަރަށާއި އަދި ރިކޯޑް ތައް ބަލަހައްޓައިފައި ނުވާތީ ނުކުތް ނަތީޖާ އަކަށް ބަލައި -/500 ރުފިޔާ އާއި -/50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ވަޒީފާ ދޭފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

54. ޕެންޝަން ގެ ބޭނުމަށް ''މަހު މުސާރަ'' މާނަ ކުރެވެނީ ކިހިނެއް؟

"މަހު މުސާރަ" ކަމަށް ބުނެފައި ވަނީ، ކޮންމެ މަހަކު އެއްފަހަރު ދެވޭ މުސާރަޔަށް ނުވަތަ މުވަޒަފަކަށް މުސާރަދޭއިރު ކޮންމެ ދުވަހަކަށް މުސާރަދެވޭނަމަ އެ މުސާރަޔަށް، އަދި މިނޫންވެސް އެހެން އުސޫލަކުން ދެވޭ މުސާރަ މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށެވެ.

55. ޕެންޝަންގެ ބޭނުމަށް ''ވަޒީފާ އަދާ ކުރާފަރާތް" މާނަ ކުރެވެނީ ކިހިނެއް؟

“ވަޒީފާ އަދާ ކުރާފަރާތް" ކަމަށް މާނަ ކުރެވެނީ، ވަޒީފާ ދޭފަރާތުން އުޖޫރަދޭ އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީވާން ޖެހޭގޮތަށް މަސަކަތްކުރާ ނުވަތަ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަސަކަތްކުރާ ކޮންމެ ފަރުދަކަށެވެ.

56. ޕެންޝަންގެ ބޭނުމަށް ޕެންޝަނަށް ބަލާ މުސާރަ މާނަ ކުރެވެނީ ކިހިނެއް؟

ޕެންޝަނަށް ބަލާ މުސާރައަކީ އެމީހެއްގެ އަސާސީ މުސާރައެވެ. އަސާސީ މުސާރައަކީ ވަޒީފާގެ އެއްބަސްވުމުގައި އަސާސީ މުސާރަކަމަށް ބަޔާން ކޮށްފައިވާ ދިވެހި ރުފިޔާގެ އަދަދެވެ.

57. ވަގުތީ މުވައްޒަފުންނާއި ކޮންޓްރެކްޓް އުސޫލުން މަސަކަތް ކުރައްވާ މުވައްޒަފުންގެ އިތުރުން ދުވަހު މުސާރައަށް މަސަކަތް ކުރާ މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރި ކުރުމަކީ ލާޒިމް ކަމެއްތޯ؟

ވަގުތީ މުވައްޒަފުންނާއި ކޮންޓްރެކްޓް އުސޫލުން މަސަކަތް ކުރާ މުވައްޒަފުންގެ އިތުރުން ދުވަހު މުސާރައަށް މަސަކަތް ކުރާ މުވައްޒަފުން ވެސް ވަޒީފާދޭ ދުވަހުންފެށިގެން ޕެންޝަން ސްކީމުގައި ބައިވެރި ކުރަންވާނެއެވެ.

58. ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުން ދައްކަން ލާޒިމްވާ މިންވަރަކީ ކޮބާ؟

ވަޒީފާ އަދާކުރާ ފަރާތުން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު އެމުވައްޒަފެއްގެ އަސާސީ މުސާރައިގެ %7 ދައްކަންވާނެއެވެ. އަދި ވަޒީފާދޭ ފަރާތުންވެސް އެމުވައްޒަފެއްގެ އަސާސީ މުސާރާއިގެ %7 އަށްވާ އަދަދު ދައްކަންވާނެއެވެ.

59. ވަޒީފާދޭފަރާތުން ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ވުމަށްޓަކައި ކުރަންޖެހެނީ ކޮންކަންތައްތަކެއްތޯ؟

ވަޒީފާދޭފަރާތުން ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ވުމަށްޓަކައި، "ވަޒީފާދޭ ފަރާތް ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ. މިފޯމް ޕެންޝަން އޮފީސްގެ ވެބްސައިޓް އަދި ރިސެޕްޝަން އިން ލިބެން ހުންނާނެއެވެ.

60. ޕެންޝަން ސްކީމުގައި މުވައްޒަފުން ބައިވެރިކުރާނީ ކިހިނެތް?

މުވައްޒަފުން ރަޖިސްޓްރީ ކުރެއްވުމަށްޓަކައި، ވަޒީފާދޭ ފަރާތުން އެސް.ޕީ.ސީ (300) ފޯމް ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ.

61. ފައިސާގެ ރަސީދު ނުވަތަ ރިސިޕްޓު ނޯޓިސްގައިވާ އަދަދަށް ހަމައަށް ފައިސާދެއްކުމަށް ވަޒީފާދޭ ފަރާތުން ސަމާލުވާންޖެހޭނެތަ؟

ފައިސާ ދައްކަވާއިރު، ފައިސާގެ ރަސީދު ނުވަތަ ރިސިޕްޓު ނޯޓިސްގައިވާ އަދަދު ހަމައަށް ދެއްކެވުމަށް ވަޒީފާ ދޭފަރާތުން ހާއްސަ ސަމާލު ކަމެއް ދެއްވާ އެކަން ކަށަވަރު ކުރައްވަންވާނެވެ.

62. މުވައްޒަފުންނަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކަނީ ކިހިނެތް؟

ވަޒީފާ ދޭފަރާތުން ކޮންމެ މަހަކުވެސް ޕެންޝަން ކޮންޓްރިބިއުޝަން ދެއްކެވުމަށްޓަކައި ކޮންޓްރިބިއުޝަން އެސް.ޕީ.ސީ (101) ފޯމް ފުރިހަމަކޮށް ހުށައަޅުއްވަންވާނެއެވެ.

63. ކޮށާރު ޕޯޓަލް ބޭނުންކުރުމުގެ ހުއްދަ އޮންނަ މުވައްޒަފެއް ވަޒީފާއިން ވަކިވެއްޖެނަމަ، އެމުވަޒަފަކަށް ކޮށާރު ޕޯޓަލްއަށް ނުވަދެވޭގޮތް ހަދަން ޖެހޭނެތަ؟