ލެޕްޓޮޕް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

2 ނޮވެމްބަރު 2020

ނަންބަރު: 216MPAO-CA/IUL/2020/23

ޕެންޝަން އޮފީހަށް ލެޕްޓޮޕް ފޯރުކޮށްދެއްވާނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަންބަރު: 216MPAO-CA/IUL/2020/20 އިޢުލާނާ ގުޅިގެން އެކަށީގެންވާފަދަ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބުހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 09  ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 10:30 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 23 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 10:30 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.