ޤައުމީ މާމަ ކާފަ ދުވަސް ފާހަގަ ކުރުމަށް ޕެންޝަން އޮފީހުން ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

1 ސެޕްޓެމްބަރު 2021

ޤައުމީ މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕެންޝަން އޮފީހުގެ މުވައްޒަފުންނާއި އާއިލާތައް ގުޅިގެން މާމައިންނާއި ކާފައިންނަށް ހަދިޔާ ބެހުމުގެ ހަރަކާތެއް މިއަދު މާލޭގައި ކުރިޔަށް ގެންގޮސްފިއެވެ. މިހަރަކާތުގައި މިދުވަހަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ހަދިޔާ ޕިކަޕެއްގައި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް ހަދިޔާ ދިނުމުގެ އިތުރުން މާލެ އަދި ހުޅުމާލޭގެ ޕާކުތަކާއި މައިޒާންތަކުގައި ވެސް ވަނީ ހަދިޔާ ބަހާފައެވެ. 

މި ހަރަކާތުގެ މަޤްސަދަކީ ޤަޢުމީ ފެންވަރުގައި މާމަ ކާފައިންނަށް ހާއްސަ ކުރެވިގެން ފާހަގަ ކުރެވޭ މިދުވަސް ވީހާވެސް ގިނަބަޔަކަށް އަންގައިދީ މިދުވަސް ފާހަގަ ކުރުމުގެ ބޭނުން ކަމުގައިވާ، މާމައިންނާއި ކާފައިން އާއިލާތަކަށާއި ޤައުމަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ހިތްވަރު ދިނުމެވެ.