އޮފީސް ޓީޝާރޓް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

10 މޭ 2022

ޕެންޝަން އޮފީހުގެ އެކިއެކި ރަސްމީ ޙަރަކާތްތަކުގައި މުވައްޒަފުން ބޭނުންކުރުމަށް މި އޮފީހުން ދޭ ނަމޫނާއާ މަޢުލޫމާތާ އެއްގޮތަށް ޓީޝާރޓް ހަދައި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

  • ތާރީޚު: 15 މޭ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި
  • ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

އަންދާސީ ހިސާބު ބަލައިގަތުން:

  • ތާރީޚު: 22 މޭ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި
  • ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.