ޕެންޝަން އޮފީހާއި ވިލާ ކޮލެޖް އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

9 ޖޫން 2022

ދަރިވަރުންނާއި ޒުވާނުންނަށް  އަމާޒުކޮށްގެން ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމެއް ހިންގުމަށް  ޕެންޝަން އޮފީހާ ވިލާ ކޮލެޖާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ. 

މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން  އިތުރުކޮށް، ފަހަށް ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުން ފަދަކަންކަން ކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، އިގްތިސާދީ ގޮތުން ބާރުވެރި ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމެވެ. 

މި އެމް.އޯ.ޔޫގެ ދަށުން، ޔުނިވަރސިޓީ/ކޮލެޖުތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް މިޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމާއި، މައުލޫމާތު ސެޝަންތަކާއި، ސެމިނަރ ފަދަ ހަރަކާތްތައް ހިންގުމާއި، ޕެންޝަން ނިޒާމު ކުރިއެރުވުމަށް ބޭނުންވާ ދިރާސާތައް ކުރުން ފަދަ ކަންކަން ކުރިޔަށްގެންދިއުމަށް ވަނީ ރޭވިފައެވެ. 

ޕެންޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ޙަލީމު އެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބުއެވެ.