ކޯޕަރޭޓް ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

13 އޮކްޓޯބަރު 2022

މި އޮފީހުގެ މުވައްޒަފުންނަށް ކޯޕަރޭޓް ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.


އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:

ތާރީޚު: 19 އޮކްޓޫބަރު 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން.

ހުށަހަޅާނެ ގޮތް: އީމެއިލް މެދުވެރިކޮށް [email protected] މި އެޑްރެހަށް.


މަޢުލޫމާތު ދިނުން:

ކަނޑައަޅާފައިވާ ސުންގަޑީީގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅާ ފަރާތްތަކަށް އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް 19 އޮކްޓޫބަރު 2022 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ޙިއްޞާކުރެވޭނެއެވެ. 


އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 26 އޮކްޓޫބަރު 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި.

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލްކުރުން އެދެމެވެ.