ލެޕްޓޮޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

17 ނޮވެމްބަރު 2022

ލެޕްޓޮޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

ޕެންޝަން އޮފީހަށް ލެޕްޓޮޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:

ތާރީޚް: 23 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން.

ހުށަހަޅާނެ ގޮތް: އީމެއިލް މެދުވެރިކޮށް [email protected] މި އެޑްރެހަށް.

މަޢުލޫމާތު ދިނުން:

ކަނޑައަޅާފައިވާ ސުންގަޑީީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށް އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް 23 ނޮވެންބަރު 2022 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ޙިއްޞާކުރެވޭނެއެވެ. 

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚް: 29 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި.

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) .

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލްކުރުން އެދެމެވެ.

17 ނޮވެންބަރު 2022