ޕްރޮމޯޝަނަލް އައިޓަމްސް ސަޕްލައި ކޮށްދިނުމާ ބެހޭ

6 ސެޕްޓެމްބަރު 2023

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

މިއޮފީހަށް ބޭނުންވާ ޕްރޮމޯޝަނަލް އައިޓަމްސް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.


މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 12 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 


އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 17 ސެޕްޓެންބަރު 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލްކުރުން އެދެމެވެ.