ޙައްޖު ސްކީމް

ލީފްލެޓް ޑައުންލޯޑް ކުރުމަށް: www.pension.gov.mv

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުން

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރުންގެ ތެރެއިން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ފައިސާ ދޫކުރުމަށް އެދޭ އަންނަނިވި ޝަރުތުތައް ހަމަވާ މެންބަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

  • ފަރުޟު ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް ނުވުން.
  • ފައިސާ ދޫކުރުމަށް އެދި ހުށަހަޅާއިރު، ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުގައި -/336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާއަށް ވުރެ މަދުނޫން އަދަދެއް ޖަމާވެފައި ހުރުން (ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ބައެއް ކޮލެޓަރަލައިޒް ކޮށްފައިވާނަމަ މިއަދަދު ހަމަކުރާނީ ކޮލަޓަރަލައިޒް ކޮށްފައިވާ ފައިސާ ނުހިމަނާ)
  • ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އަހަރު، ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ޙައްޖަށް ދިއުމުގެ ޖާގަ ހަމަޖެހިފައިވާ މީހެއް ކަމުގައިވުން.
  • ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމަށް އެއްބަސްވާ މީހަކަށްވުން. 

ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ދޭ ފަރާތެއް ޚިޔާރުކުރުން

މި ސްކީމުގެ ދަށުން ހައްޖަށް ދިއުމަށް ޖާގަ ހަމަޖައްސަން ވާނީ އެޚިދުމަތް ފޯރުކޮށް ދިނުމަށް ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމު ކޮށްފައިވާ ތަނަކުންނެވެ. މިހާތަނަށް މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުންނެވެ.  

ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ނެގެން ހުރީ ކިހާވަރެއްތޯ ބެލުން

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ނެގެން ހުރި އަދަދު ސްކީމުގެ މެންބަރުންގެ  ރިޓަޔަރމަންޓް ސޭވިންސް އެކައުންޓު ސްޓޭޓްމަންޓުގައި ހިމަނާފައިވާނެއެވެ.

ފަރުޟު ޙައްއްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ދޫކުރާނެ އަދަދު

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ދޫކުރާނީ ޙައްޖަށް ދިއުމަށް ހުށަހަޅާ އަހަރު ޙައްޖަށް ގެންދިއުމުގެ އަގުގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ އަގުގެ %80 އަށްވުރެ އިތުރުނުވާ އަދަދެކެވެ. 

ޙައްޖުގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރެވޭނީ އެންމެ ފަހަރަކުއެވެ.

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ފައިސާ ދޫކުރުމުގައި އަމަލް ކުރެވޭ ގޮތް:

  1. ހައްޖަށް ދިއުމުގެ ޖާގަ ހަމަޖައްސައި ދިނުމަށް އެދި ، އެޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ފޯމު ހުށަހަޅާ އިރު ޙައްޖަށް ދިއުމުގެ އަގުގެ %80 ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ދެއްކުމަށް ހުށަހެޅުން
  2. ޙައްޖަށް ދިއުމުގެ އަގުގެ %80 ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ދެއްކުމަށް ހުށަހަޅާ މެންބަރުންގެ މައުލޫމާތު، ހައްޖަށް މީހުން ގެންދިއުމުގެ ޚިދުމަތް ދޭ ފަރާތްތަކުން ޕެންޝަން އޮފީހާ ހިއްސާކުރުން
  3. ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންސް އެކައުންޓުން ފައިސާ ދޫކުރުމަށް ޝަރުތު ހަމަވާ މެންބަރުންގެ ފައިސާ އެމެންބަރަކު ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތާ ހަވާލުކުރުން
  4. ޙައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތާ ފައިސާ ހަވާލު ކުރުމަށްފަހު އެއްވެސް ސަބަބަކާ ހެދި ހައްޖަށް ނުދެވޭ މެންބަރުންގެ ފައިސާ އަނބުރާ ޕެންޝަން އޮފީހާ ހަވާލުކުރުން

މިސްކީމުގެ ދަށުން ޙިދުމަތް ދިނުމަށް ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމު ކޮށްފައިވާ ފަރާތްތައް

  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮންޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް