ފުވައްމުލަކު ސިޓީގައި ޒުވާނުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ޕެންޝަން އޮފީހުން ބާއްވައިފިއެވެ.
15 ސެޕްޓެންބަރު 2025 ވަނަ ދުވަހު ބޭއްވުނު މި ސެޝަންގައި ދަރިވަރުނަށް ވަނީ ތަފާތު ހަރަކާތްތަކާއި މަޝްވަރާގެ ތެރެއިން މައުލޫމާތު ފޯރުކޮށްދީފައެވެ. މި ސެޝަންގައި އަލިއަޅުވައިލެވުނު މުހިންމު މައުޟޫއުތަކުގެ ތެރޭގައި ދުރާލާ ރިޓަޔަރމަންޓަށް ތައްޔާރުވުމާ، އިންވެސްޓްކުރުމާ ގުޅޭ މަޢުލޫމާތާއި، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އާ ބެހޭ މަޢުލޫމާތު ހިމެނެއެވެ. މީގެ އިތުރުން، ކެރިއަރ ގައިޑެންސް އަދި ސީވީ ތައްޔާރުކުރުން ފަދަ ވަޒީފާގެ މާހައުލުގައި ކުރިއަށް ދިއުމަށް މުހިންމު މަޢުލޫމާތުވެސް މި ސެޝަންގައި ވަނީ ފޯރުކޮށްދީފައެވެ.
މި ސެޝަނަކީ ޒުވާނުންގެ މެދުގައި ރިޓަޔަރމަންޓަށް ތައްޔާރުވުމާ، ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.